ރައްޔިތުންގެ މަޖިލީހުގައި ޖަލްސާތައް މާލަމުގައި ކުރިއަށް ގެންދާނެކަން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގާފައި ވާކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް މަޖިލިސް ޖަލްސާތައް މާލަމުގައި ބޭއްވުމާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން ބުނެފިއެވެ.
އެންއީއޯސީ އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓާސްކްފޯސްގެ ތަރުޖަމާނު މަބުރޫކް އަޒީޒު ވިދާޅުވީ، މަޖިލިސް ކުރިއަށް ގެންދިޔުމުގައި އަމަލުކުރާނެ ގޮތާއި ގުޅޭގޮތުން އެންއީއޯސީއާ އެއްވެސް މަޝްވަރާއެއް މަޖިލީހުގެ އިދާރާ އިން މިހާތަނަށް ކޮށްފައިނުވާ ކަމަށެވެ. ނަމަވެސް، މިކަން މަޖިލީހުން ކުރައްވާނީ ކަނޑައަޅާފައިވާ ގަވައިދުގެ ތެރެއިން ކަމަށް ބެލެވޭ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
އެންއީއޯސީ މިހެން ބުނި ނަމަވެސް، މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވެފައި ވަނީ ލޮކްޑައުން އާއި މެދު ގޮތެއް ނުނިމުނަސް މާލަމުގައި މަޖިލިހުގެ ޖަލްސާލަތައް ނުބާއްވަވާ ހުންނެވެން ނެތް ކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރަށް މިހާރު ވަނީ އަންގަވާފައި ކަމަށެވެ. ނިއު ނޯމަލްގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ޗެމްބަރުގައި ބާއްވާނެ އިންތިޒާމްތައް ކަނޑައަޅާ އެސްއޯޕީއެއް މިހާރު މަޖިލީހުން ވަނީ އާއްމުކޮށްފައެވެ.
އާއްމުކުރެވުނު އެސްއޯޕީގައި ބުނެފައިވަނީ މަޖިލީހުގެ ޖަލްސާ ބާއްވާ މާލަމުގައި އެއްވަގުތެއްގައި އެންމެ ގިނަވެގެން ތިއްބަވާނީ 42 މެންބަރުން ކަމަށެވެ. މަޖިލީހުން ބުނީ މާލަމުގައި ތިއްބަވާ މެމްބަރުން ކަނޑައެޅިގެންދާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އެކުލަވާލާ އުސޫލެއްގެ ދަށުން ކަަމަށެވެ. އަދި މި އިންތިޒާމްތައް ތަންފީޒުކުރައްވަމުން ގެންދަވާނީ، މަޖިލީހުގެ ރައީސް އަންގަވާގޮތެއްގެ މަތިން މަޖިލީހުގެ ސަރޖަންޓް އެޓް އާރމްސް ކަމަށް އެސްއޯޕީގައި ބުނެފައިވެއެވެ.
މަޖިލީހުގެ އިދާރާއިން ބުނީ އެ މެންބަރުން އިށީނދެވަޑައިގެން ތިއްބަވާނީ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ދުރުމިނުގައި ކަމަށެވެ. މީގެއިތުރުން، އެއްވަގުތެއްގައި އެއްމޭޒެއްގައި 2 މެންބަރުން ނުތިއްބަވާގޮތަށް ކަނޑައަޅާފައިވާއިރު ވޯޓުލުމުގައިވެސް އަމަލުކުރުމަށް ހަމަޖެހިފައިވަނީ އެގޮތަށް ކަމަށް އެސްއޯޕީގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު