ސިސްޓަމް ކަރަޕްޓުކުރާ މީހުން ހުއްޓުވުމަށް ޤާނޫނެއް ފަރުމާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު، އިބްރާހިމް ރަޝީދު ބޮންޑޭ ގޮވާލައްވައިފިއެވެ.
މެންބަރު ބޮންޑޭ އެފަދަ ޤާނޫނެއް ވުޖޫދުކުރުމަށް ގޮވާލައްވާފައި މިވަނީ، މިދިޔަ އަންގާރަ ދުވަހު ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓްރީން 500 އެއްހާ ދޫނި މަރާލި މައްސަލައެއް މުޅި ރާއްޖޭގެ ސަމާލުކަމަށް އައުމާގުޅިގެންނެވެ. އެ މައްސަލާގައި ފިޝަރީޒް މިނިސްޓްރީން މިއަދު ބުނެފައިވަނީ ރައްޔިތުން ފާޅު ކުރައްވަމުން ގެންދަވާ ކަންބޮޑުވުންތަކާއި އިޙްޞާސްތައް އިޚްލާސްތެރިކަމާއެކު ބަލައިގަނެ، އެކަމާމެދު ހިތާމަކުރާކަމަށެވެ.
މިނިސްޓްރީގެ ބަޔާނަށް ފާޑުވިދާޅުވަމުން މެންބަރު ބޮންޑޭ ވިދާޅުވީ ދޫނި ކަރަންޓީނު ކުރާމީހާ ދޫނި ވިޔަފާރި ކުރުމާއި، ޕެސްޓްސައިޑް ކޮންޓްރޯލް ކުރާމީހާ ގެރިގުއި ވިއްކުން ބަލައިނުގަނެވޭނެ ކަމަށެވެ. އެހެންކަމުން އެފަދަ ކަންތައްތައް ކުރާ މީހުން ހުއްޓުވުމަށް މަސްލަޙަތު ފުށުއެރުމާގުޅޭ ޤާނޫނެއް އުފަންކުރަން ޖެހޭ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.
"މިނިސްޓްރީތެރޭގައި ތިބެ ސިސްޓަމް ކަރަޕްޓުކުރާ ދޫނީގެ ވިޔަފާރިކުރާ އަދި ދޫނީގެ ބޯ ބުރިކުރާ މީހުން ހުއްޓުވާން ކޮންފްލިކްޓް އޮފް އިންޓްރަސްޓް ބިލެއް ބޭނުން." ބޮންޑޭ ވިދާޅުވިއެވެ.
މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖެއަށް އެތެރެކުރާ ދިރޭ ޖަނަވާރާއި ގަސްގަހާގެހި އިންސްޕެކްޓްކޮށް ކަރަންޓީންކުރުމަކީ، ދިވެހިރާއްޖޭގެ ޤާނޫނީ އިޖުރާޢަތްތަކާއި ބައިނަލް ޢަޤްވާމީ މުޢާޙަދާއާއި އެއްގޮތަށް ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓްރީން ފޯރުކޮށްދިނުން ލާޒިމްކުރާ ޚިދުމަތެއްކަމަށެވެ.
އެގޮތުން، ޤާނޫނާއި ޤަވާއިދާއި ޚިލާފަށް ރާއްޖެއަށް އެތެރެކުރާ ތަކެތި، ނައްތާލަންޖެހޭ ޙާލަތްތަކުގައި، ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް މީގެކުރިންވެސް ނައްތާލާކަން މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު