އެމްޑީޕީގެ އެތެރޭގެ މުހިއްމު އިންތިޚާބުތައް ބާއްވާނެ ތާރީޚުތައް އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.
އިސްކަންދަރު ސްކޫލުގައި މިރޭ ކުރިއަށްދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމަށް މާލެ ދާއިރާގެ ރައީސް ޝިފާ މުހައްމަދު ހުށަހަޅުއްވައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ތާއީދު ކުރެއްވި ހުށަހެޅުމުގައިވަނީ ހަތަރު އިންތިހާބަކާއި ކޮންގްރެސް ބާއްވާނެ ތާރީހު ފާސްކުރުމަށެވެ.
އެގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އިންތިހާބު ފެބުރުއަރީ، 18 ގައި ބޭއްވުމަށް ވަނީ ފާސްކޮށްފައެވެ. އޭގެއިތުރުން ޗެއާޕާސަން، އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިތްވަރުގެ އިންތިހާބު 16 އޭޕްރީލްގައި ބޭއްވުމަށާއި ޕާޓީގެ ކޮންގްރެސް 4 އޮގަސްޓްގައި ބޭއްވުމަށް މިރޭވަނީ ފާސްކޮށްފައެވެ.
އޭގެ އިތުރުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުށައަޅުއްވާފައިވާ ވެރިކަމުގެ ނިޒާމް ބަދަލުކުރުމުގެ ވޯޓު ނަގާނެ ތާރީޚާއި ގާނޫނުއަސާސީއަށް ގެންނަން ޖެހޭ ބަދަލުތައް ފައިނަލްކުރުމަށް ޕާޓީގެ ކޮންގްރެސް އަށް ހުށައެޅުމަށް ވެސް ވަނީ ފާސްކޮށްފައެވެ.
މިރޭގެ ޖަލްސާގައި ޕާޓީގެ ޗެއަރޕާސަން ޙަސަން ލަތީފް ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ދައުރު އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ހަމަވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު