ރާއްްޖޭގައި އޮންނާނެ ވެރިކަމުގެ ނިޒާމް ކަނޑައަޅާނީ ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ނޫންކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީގެ ނާއިބް ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އިސްކަންދަރު ސްކޫލުގައި މިރޭ ކުރިއަށްދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވެރިކަމުގެ ނިޒާމް ބަދަލުކުރުމުގެ ވޯޓު ނަގާނެ ތާރީޚާއި ގާނޫނުއަސާސީއަށް ގެންނަން ޖެހޭ ބަދަލުތައް ފައިނަލްކުރުމަށް އެޕާޓީގެ ކޮންގްރެސް އަށް ހުށައެޅުމަށް ރައީސް މުހައްމަދު ނަޝީދު ހުށައެޅުއްވުމުން އެގޮތަށް ވަނީ ފާސްކޮށްފައެވެ.
އެކަމާ ގުޅިގެން ސައިރިކްސް ކޮލެޖްގެ ޗެއަރމަންގެ މަޤާމުގައިވެސް ހުންނެވި އަޙްމަދު ޝަރީފް ވިދާޅުވީ ރާއްޖޭގައި ވެރިކަން ހިންގާނެ ނިޒާމާއި ވެރިކަމަށް އާދެވޭނީ 30 އިންސައްތަ ވޯޓު ލިބޭ ކެނޑިޑޭޓަށްތޯ ނިންމާނީ އެމްޑީޕީންނާއި ރައީސް ނަޝީދު ނޫން ކަމަށެވެ. އޭގެ އިތުރުން އެމްޑީޕީ މިހާރު މަޑުމަޑުން ފިރުކެމުން ދަނީ ޑިކްޓޭޓަރޝިޕަކާ ދިމާލަށްކަމަށް ޝަރީފް ވިދާޅުވިއެވެ.
"ކޯލިޝަނަކާ ނުލައި 30 ޕަސެންޓު ލިބޭ ރައީސް ކިހިނެއްތޯ ވެރިކަން ކުރާނީ މަޖިލިހުގެ މެޖޯރިޓީ ނުލިބި؟ ދެން މަޖިލިހުގެ މެޖޯރިޓީވެސް ރައީސަށް ވެރިކަން ކުރެވޭގޮތަށް ބަދަލު ކުރާނީތޯ؟ ޑިކްޓޭޓާޝިޕަކާ ދިމާލަށް މަޑުމަޑުން އެމްޑީޕީން ފިރުކެނީތޯ؟" ޝަރީފް ސުވާލު އުފައްދަވާފައިވެއެވެ.
އިސްކަންދަރު ސްކޫލުގައި މިރޭ ކުރިއަށްދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމަށް މާލެ ދާއިރާގެ ރައީސް ޝިފާ މުހައްމަދު ހުށަހަޅުއްވައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ތާއީދު ކުރެއްވި ހުށަހެޅުމުގައިވަނީ ގާނޫނުއަސާސީ އިސްލާހު ކުރުމަށް ކުރަންޖެހޭ މަޝްވަރާތައް ފުޅާ ދާއިރާއެއްގައި ކުރުމަށް އެމްޑީޕީގެ ކޮންގްރެސް ބާއްވާނެ ތާރީޚެއް ކަނޑައެޅުމަށެވެ.
ކޮންގްރެސަށް ހުށައަޅަންފެންނަ އިސްލާޙުތައް ކަމަށް ވިދާޅުވެ ރައީސް ނަޝީދު މިރޭގެ ޖަލްސާގައި ގިނަ ކަންތައްތަކެއް ފާހަގަކުރެއްވިއެވެ. އެގޮތުން ރިޔާސީ ޕްރައިމަރީ ބޭއްވުމާއި ރައްޔިތުންގެ މަޖިލީހުގެ ގޮނޑީގެ ޢަދަދު ކަނޑައެޅުމާއި ޖޭއެސްސީ އިސްލާޙުކުރުން ރައީސް ނަޝީދު ވަނީ ފާހަގަކުރަށްވާފައެވެ. އަދި އެކަންކަމާމެދު ކޮންގްރެސްގެ ކުރިން އެމްޑީޕީގެ ޢާއްމު މެންބަރުންގެ މެދުގައި ގިނަގިނައިން ބަހުސް ކުރުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
މިރޭގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ފާސްކޮށްފައިވަނީ އޮގަސްޓް 4 ގައެވެ.

ކިޔުންތެރިންގެ ހިޔާލު