ޚާއްޞަ ފިޔަވަޅުތަކާއެކު ފުރަބަންދަށް ލުޔެއް ދިނުމަކީ ރައްކާތެރި ކަމެއް ކަމުގައި އައިކެއަރ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރ ޑރ. ޢަބްދުﷲ ޒާހިރު ވިދާޅުވެއްޖެއެވެ.
ޑރ. ޒާހިރު ކުރަށްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއެކު ފުރަބަންދަށް ލުޔެއް ދިނުމަކީ، ރައްކާތެރިކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
އެގޮތުން މާސްކް އެޅުން މަޖުބޫރު ކުރުމާއި، އެއްމީޓަރުގެ ގައިދުރުކަމެއް ބެހެއްޓުން ޝަރުތުކޮށް ފުރަބަންދަށް ލުއިދިނުމަކީ އެންމެ ރަނގަޅުކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ޑރ ޢަބްދުﷲ ޒާހިރުގެ ޓްވީޓުގައި ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ޓެގް ކުރައްވާފައެވެ.
މާލޭގައި އިޢުލާނު ކޮށްފައިވާ ފުރަބަންދު މިމަހުގެ 28 އަށް ހަމަވާއިރު ފުރަބަންދަށް ލުޔެއް ދިނުމަށް ސަރުކާރުން ގެންދަނީ ތައްޔާރުވަމުންނެވެ. އެގޮތުން މިސްކިތްތަކާއި، ސައިހޮޓާ ކެފޭ ތަކާއި، ސްކޫލްތަކާއި އޮފީސްތައް، ފިޔަވަހިތަކަކަށް ބަހާލައިގެން ހުޅުވާލާނެ ކަމަށް ސަރުކާރުންވަނީ ބުނެފައެވެ.
ކޮރޯނާވައިރަހާއި ގުޅިގެން ފުރަބަންދު ކުރި ދުނިޔޭގެ ގިނަ ގައުމުތަކުން ވެސް މިހާރު ވަނީ ފުރަބަންދު އުވާލާ އައު އާންމު އުސޫލުތަކާއެކު އާންމު ހާލަތަށް ރުޖޫޢަ ވުމަށް މަސައްކަތް ފަށާފައެވެ. އެގޮތުން އަވަށްޓެރި ބައެއް ގައުމުތަކުން މިހާރު ވަނީ ބައެއް ވިޔަފާރިތައް ހުޅުވާލާ އެތެރޭގެ އުދުހުންތަކާއި އާންމު ދަތުރުފަތުރުވެސް ހުޅުވާލަން ފަށާފައެވެ.
ގިނަ ސިއްހީ މާހިރުންވެސް މިހާރު އިރުޝާދު ދެނީ ރައްކާތެރި ފިޔަވަޅުތައް އަޅައިގެން މި ވައިރަހާއެކު އުޅެން ދަސްކުރުމަށެވެ.

@MohamedNasheed @Ibusolih In my opinion, it’s safe to ease lockdown measures if wearing masks are made mandatory and one metre social distance is kept.#Staysafe
— Dr Abdullah Zahir (@ZahirDr) May 25, 2020
މާލޭގައި އިޢުލާނު ކޮށްފައިވާ ފުރަބަންދު މިމަހުގެ 28 އަށް ހަމަވާއިރު ފުރަބަންދަށް ލުޔެއް ދިނުމަށް ސަރުކާރުން ގެންދަނީ ތައްޔާރުވަމުންނެވެ. އެގޮތުން މިސްކިތްތަކާއި، ސައިހޮޓާ ކެފޭ ތަކާއި، ސްކޫލްތަކާއި އޮފީސްތައް، ފިޔަވަހިތަކަކަށް ބަހާލައިގެން ހުޅުވާލާނެ ކަމަށް ސަރުކާރުންވަނީ ބުނެފައެވެ.
ކޮރޯނާވައިރަހާއި ގުޅިގެން ފުރަބަންދު ކުރި ދުނިޔޭގެ ގިނަ ގައުމުތަކުން ވެސް މިހާރު ވަނީ ފުރަބަންދު އުވާލާ އައު އާންމު އުސޫލުތަކާއެކު އާންމު ހާލަތަށް ރުޖޫޢަ ވުމަށް މަސައްކަތް ފަށާފައެވެ. އެގޮތުން އަވަށްޓެރި ބައެއް ގައުމުތަކުން މިހާރު ވަނީ ބައެއް ވިޔަފާރިތައް ހުޅުވާލާ އެތެރޭގެ އުދުހުންތަކާއި އާންމު ދަތުރުފަތުރުވެސް ހުޅުވާލަން ފަށާފައެވެ.
ގިނަ ސިއްހީ މާހިރުންވެސް މިހާރު އިރުޝާދު ދެނީ ރައްކާތެރި ފިޔަވަޅުތައް އަޅައިގެން މި ވައިރަހާއެކު އުޅެން ދަސްކުރުމަށެވެ.
ކިޔުންތެރިންގެ ހިޔާލު