ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން އިސްރަށްވެހިންނަށް ހާއްސަކޮށް ސ. ފޭދޫގައި 'މާމަ ކާފަ ޕާކު' މިއަދު ހުޅުވައިފިއެވެ.
ބީއެމްއެލުން ބުނީ މި ޕްރޮޖެކްޓް ގެ މަގްސަދަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއަޅައި އިޖްތިމާއީ ހަރަކާތްތަކުގައި އިސްރަށްވެހިންގެ ބައިވެރިވުން އިތުރުކޮށް ގުޅުން ބަދަހިކޮށް އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުން ކަމަށެވެ.
މި ޕާކުގައި ވަނީ ހިޔާވާނެ ގޮތަށް ބެންޗު ބަހައްޓައި ޕާކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ކެރަމް، ތާސް އަދި ޗެސް ފަދަ ކުޅިވަރުތައް ކުޅެވޭނެގޮތަށް މޭޒާއި ގޮނޑި ބަހައްޓާފައެވެ. ހަމައެއާއެކު ޖަމިއްޔާތަކާއި ގުޅިގެން ހެލްތު ޗެކަޕް ފަދަ ހަރަކާތްތަކާއި ހޭލުންތެރިކުރުމުގެ ގިނަ ޕްރޮގްރާމްތައް މި ޕާކުގައި ހިންގުމަށްވެސް ވަނީ ހަމަޖެހިފައެވެ.
"މާމަ ކާފަ ޕާކަކީ އަޅުގަނޑުމެންގެ މާމަ އަދި ކާފަމެނަށް އާއިލާ އާއި ރައްޓެހިންނާއެކު ވަގުތު ހޭދަކޮށްލާ ގުޅުން ބަދަހި ކުރުމަށް މާހައުލެއް ހޯދާދިނުމުގެ ގޮތުން ތަރައްގީ ކުރެވުނު ޕާކެއް. މިއީ މިރަށުގެ އިސްރަށްވެހިންނަށް ހާއްސަކޮށް ހުޅުވުނު ޕާކެއް ކަމުން އަޅުގަނޑުމެންގެ އުންމީދަކީ އުފާވެރި ހެލިފެލިވެ އުޅޭ މާމާ މެންނާއި ކާފަމެން މި ޕާކުން ގިނައިން ފެނުން." ޕާކު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިކަމުގައި އިސްކޮށް ޙަރަކާތްތެރިވި ޝިމްލާ އަހްމަދު ވިދާޅުވިއެވެ.
ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 60 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު