މިހާތަނަށް އެންމެގިނަ ތާކުންތާކު ނުޖެހޭ ޤާނޫނު ހެދީ 2008 ގެ ފަހުން ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީގެ ނާއިބް ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް މި މޭރުމުން ވިދާޅުވެފައިވަނީ ވަކި ޕާޓީއެއް ވެރިކަމުގައި ދެމިއޮތުމަށް ޤާނޫނުއަސާސީއަށް ބަދަލު ގެނައުމަކީ ކޮށްގެންވާނެ ކަމެއްނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބުރައީސް ރީކޯ މޫސާ މަނިކު ވިދާޅުވުމާ ގުޅިގެންނެވެ. މޫސަ ވިދާޅުވެފައިވަނީ އެމްޑީޕީ އެންމެ ފުރަތަމަވެސް ވަކާލާތުކުރީ ވޯޓުން ކަންކަން ނިންމަން ކަމަށާއި، ޤާނޫނުއަސާސީގައިވެސް އެކަން އޮތީ އެގޮތަށް ކަމަށެވެ.
އެކަމާ ގުޅިގެން ޝަރީފް މިއަދު ވިދާޅުވީ މިހާތަނަށް އެންމެ ގިނަ ތާކުންތާކު ނުޖެހޭ ގާނޫނު ހެދީ 2008 ގެ ފަހުން ކަމަށެވެ. އެގޮތުން ގާނޫނު ހެދިމީހުންނަށްވެސް އެމީހުންނަށް ހެދުނު ގާނޫނުތަކުގެ އަދަދު ނޭނގޭ ކަމަށާއި އެ ޤާނޫނުތަކުގެ ސަބަބުން ވީގޮތްވެސް ނޭނގޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.
"ހުރިހައި މީހުން ބޭނުންވަނީ ވެރިކަން، އެކަމަކު ވެރިކަން ކުރަން ނޭގުނަސް އެންމެ ރަނގަޅު." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ 2008 ގެ ފަހުން އެމްޑީޕީއަށް އެކަނި ނިކުމެގެން ވެރިކަން ނުލިބޭ ކަމަށެވެ. އެމްޑީޕީއަށް ވެރިކަން ލިބެނީ އެހެންޕާޓީތަކުގެ އެހީތެރިކަމުގައި ކަމަށާއި، އަދި އެހެން މީހުންގެ ފައިސާ ބޭނުންކޮށްގެން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް ވެރިކަން ލިބޭއިރަށް އަމިއްލަ އެދުން ބޮޑުވެ ވެރިކަމަށް ގެންނަން ބައިވެރި މީހުން ބޭރުކޮށްލަނީ ކަމަށް ޝަރީފް ތުހުމަތުކުރެއްވިއެވެ.
ޝަރީފް މިބީދައިން ވިދާޅުވެފައި ވާއިރު އެމްޑީޕީ ގިނަދުވަހު ވެރިކަމުގައި ދެމިއޮތުމަށްޓަކައި ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަށް ޖުމްލަ ވޯޓުގެ 30 އިންސައްތައަށް ވުރެ މަދު ނޫން އަދަދަކަށް ވޯޓު ލިބިފައިވާނަމަ އެއީ އިންތިހާބު ކާމިޔާބު ކުރި ކެންޑިޑޭޓުގެ ގޮތުގައި ކަނޑައެޅުމަށް އެމްޑީޕީގެ ކޮންގްރެސްއަށް ހުށައަޅަން ފެންނަކަމަށް ރައީސް ނަޝީދުވަނީ ޚިޔާލުފާޅުކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު