ވިޔަފާރީގެ ދާއިރާއިން ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ޔޫއެންޑީޕީއާއި އިކޮނޮމިކް މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެމްއޯޔޫގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާޢީލާއި ޔޫއެންޑީޕީގެ ރެސިޑެންޓް ރިޕްރެސެންޓެޓިވް، އެންރީކޯ ގަވޭލިއާއެވެ.
މި އެއްބަސްވުމުގެ މަގްސަދަކީ ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި އ.ދ ގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ލަނޑުދަނޑިތައް ހާސިލްކުރެވޭނެ ގޮތަށް ދިވެހިރާއްޖޭގައި އިންވެސްޓްމަންޓްތައް ކުރިއެރުވުމަށްޓަކައި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މިނިސްޓަރ ފައްޔާޒް ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެކަމަށެވެ. އެގޮތުން އިޤްތިޞާދު ސިންދަފާތު ކުރުމަށް އެހީތެރިވުމާއި، ވިޔަފާރިއަށް ފަހި މާހައުލެއް ޤާއިމުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް އެހީތެރިކަން ލިބޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި އެމްއޯޔޫގެ ސަބަބުން، ޔޫއެންޑީޕީ އާއި މިނިސްޓްރީއާ ދެމެދު ފާއިތުވި އަހަރުތަކުގައި ދެމެހެއްޓިފައިވާ ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެން ދާނެއެވެ. އަދި ޔޫއެންޑީޕީން 2022 އިން 2026 އާ ހަމަޔަށް ހިންގުމަށް އެކުލަވާލާފައިވާ ދިވެހިރާއްޖޭގެ އައު ކަންޓްރީ ޕްރޮގްރާމް ޑޮކިއުމަންޓް ތަރައްޤީކޮށް، މި ޕްރޮގްރާމްތައް އިތުރު ހަލުވި މިނެއްގައި ކުރިޔަށް ގެންދިޔުމަށް މަގުފަހިވެގެންދާނެކަމަށް ސަރުކާރުން ދެކެއެވެ.
މި އެމްއޯޔޫގެ ދަށުން އިޤްތިޞާދީ ސިޔާސަތުތައް އެކުލަވާލުމާއި ސަރުކާރަށް ފަންނީ ލަފާ ދިނުމުގައި ބޭނުންވާ ޑޭޓާ މެނޭޖްމަންޓް ގަވަނަންސް ހަރުދާނާކުރުމަށް އެހީތެރިވެދޭނެއެވެ. އަދި އ.ދ އިން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫއުތައް ރާއްޖޭގައި ތަންފީޒުކުރުމުގެ ތެރެއިން، ކްލައިމެޓް އިންވެސްޓްމަންޓް ފުރުސަތުތައް ދެނެގަތުމާއި މިކަމާގުޅޭ އިންވެސްޓްމަންޓް މެޕެއް އެކުލަވާލުމަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
މީގެ އިތުރުން ރާއްޖޭގެ އިޤްތިޞާދަކީ، ކަނޑުގެ މުއްސަނދިކަމަށް ބަރޯސާވާ ދެމެހެއްޓެނިވި ނޫ އިޤްތިޞާދަކަށް ހެދުމަށްޓަކައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުންވެސް އެމްއޯޔޫގެ ތެރެއިން ކުރިއަށްދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު