މިއަދު ރާއްޖެއިން ފުރުވާލި ބިދޭސީން އެއަރޕޯރޓްގައި
މިއަދު ރާއްޖެއިން ފުރުވާލި ބިދޭސީން އެއަރޕޯރޓްގައި
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބަނގްލަދޭޝްގެ އިތުރު 200 މީހުން އަނބުރާ ޤައުމަށް މިއަދު ފޮނުވާލައިފިއެވެ.

މޯލްޑިވިއަން އިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ވަނީ، ގައުމަށް އަނބުރާ ދާން ބޭނުންވި ބަންގްލަދޭޝް މީހުން އެ ގައުމަށް ފޮނުވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަދު އަނެއްކާވެސް އެފަދަ 200 މީހުން އަނބުރާ ގައުމަށް ފޮނުވިފައި ވާ ކަމަށެވެ.

ރަސްމީ ލިޔެކިޔުން ނެތް އެތައް ހާސް ބިދޭސީންނެއް ރާއްޖޭގައި ތިބިކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެފަދަ މީހުން އަނބުރާ ރަށަށް ފޮނުވާލުމުގެ ކަންކަން ސަރުކާރުން ކުރިއަށްގެންދަނީ ބަންގްލަދޭޝްގެ ސަރުކާރާއި ގުޅިގެންނެވެ. ރާއްޖޭގައި ތިބި ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނައިރު މިފަދަ މީހުން ރާއްޖޭގައި އުޅުމުގައި ގިނަ ޙައްގުތަކަކުން މަޙުރޫމްވެފައިވާކަމުގެ ކަންބޮޑުވުން ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން އެއްތަނެއްގައި ގިނަބަޔަކު ތޮށްޖެހިގެން އުޅެންޖެހިފައިވުމުގެ ސަބަބުން ކޯވިޑް-19ގެ ނުރައްކާ އެންމެ ބޮޑުވެފައިވަނީ ބިދޭސީންގެ ތެރޭގައެވެ.

މިއަދު ފޮނުވާލެވުނު މީހުންގެ އިތުރުން ހޮނިހިރު ދުވަހުވެސް ވަނީ ބަންގްލަދޭޝްގެ 160 މީހުން ޤައުމަށް ފޮނުވާފައެވެ. އަދި މިމަހުގެ 20 ވަނަ ދުވަހު ވަނީ މޯލްޑިވިއަންގައި 352 މީހަކު ބަނގްލަދޭޝްއަށް ފޮނުވާލައިފައެވެ. އޭގެ އިތުރުން މިދިޔަ މަހުގެ 21 ވަނަ ދުވަހު މިލިޓަރީ އެއާ ކްރާފްޓެއްގައި ފޮނުވާލާފައިވާ 68 މީހަކާއި މިމަހުގެ 16 ވަނަ ދުވަހު ބީމަން އެއާގައި ފޮނުވާލާފައިވާ 353 މީހަކާއި 17 ވަނަ ދުވަހު މިލިޓަރީ އެއާކްރާފްޓެއްގައި 67 މީހަކު ވަނީ އަނބުރާ ޤައުމަށް ފޮނުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން