އިންތިގެ ފޯމް އެމްޑީޕީ ސެކްރެޓޭރިއެޓަށް ހުށައެޅުން
އިންތިގެ ފޯމް އެމްޑީޕީ ސެކްރެޓޭރިއެޓަށް ހުށައެޅުން
އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރެއްވުމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛު އިމްތިޔާޒް ފަހުމީގެ ފޯމް އެމްޑީޕީ ސެކްރެޓޭރިއެޓަށް ހުށައަޅުއްވައިފިއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީީޕީގެ ޗެއަރޕާސަންކަމުގެ މަގާމަށް ވާދަކުރައްވަން އިންތި ފޯމް ހުށައަޅުއްވާފައިވާއިރު އެ މަޤާމަށް އިޤްތިޞާދީ ވަޒީރު ފައްޔާޒު އިސްމާޢީލް ވެސް ވާދަކުރައްވާނެކަން ވަނީ ހާމަކުރަށްވާފައެވެ. ނަމަވެސް މިހާތަނަށް ފައްޔާޒްގެ ފޯމް އެމްޑީޕީ ސެކްރެޓޭރިއެޓަށް ހުށައަޅުއްވާފައެއް ނުވެއެވެ.

އެމްޑީޕީގެ ޗެއަރޕާސަންކަމުގެ މަގާމަށް ވާދަކުރެއްވުމަށް އިންތިގެ ފޯމް ޕާޓީގެ ސެކްރެޓޭރިއެޓަށް ހުށައަޅުއްވާފައިވަނީ މިއަދުއެވެ. އެމްޑީޕީން މިއަދު ބުނީ ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރ އަލްއުސްތާޛް އިމްތިޔާޒް ފަހުމީ ޗެއާޕާސަންގެ މަގާމަށް ކުރިމަތި ލެއްވުމަށް އެމްޑީޕީ ސެކްރެޓޭރިއެޓަށް ފޯމު ހުށަހަޅުއްވައިފި ކަމަށެވެ.



މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއަކީ އައު ގާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލިސް އެކުލަވާލަން ފެށިފަހުން ކޮންމެ ދައުރެއްގައި އެމަޖިލީހަށް އިންތިހާބުވެވަޑައިގެންފައިވާ މަދު މެމްބަރުންގެ ތެރެއިން މެމްބަރަކެވެ.

އިންތިގެ ސިޔާސީ ހަޔާތުގައި އެމްޑީޕީ ފިޔަވައި އެހެން ޕާޓީއެއްގައި ޙަރަކާތްތެރިވެފައެއް ނުވެއެވެ.

އެމްޑީޕީން ނިންމާފައިވަނީ ޗެއަރޕާސަންގެ އިންތިޚާބު އޭޕްރީލްމަހުގެ 16 ވަނަ ދުވަހު ބޭއްވުމަށެވެ.



ކިޔުންތެރިންގެ ހިޔާލު