ވ. އާރަށް ވިއްކާލައިގެން ލިބުނު ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ޝަރީޢަތް ލައިވް ކުރެވެންދެން އަޑުއެހުންތައް މަޑުޖައްސާލުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން މިއަދު ކޯޓުގައި އެދިވަޑައިގެންފިއެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނައީމާ ދެ ބޭފުޅުން، ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް، ރިސޯޓެއްގެ ގޮތުގައި އެރަށް ތަރައްގީ ކުރުމުގެ ބޭނުމުގައި ހިންގި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި، ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ނަގައި ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެެވެ.
ރައީސް ޔާމީނާއެކު، އާރަށުގެ މުއާމަލާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ޔޫސުފް ނައީމްގެ މައްޗަށް ވެސް ރިޝްވަތު ދިނުމުގެ ދައުވާ ދައުލަތުން ވަނީ ކޮށްފައެެވެ.
މި މައްސަލަ ވަގުތުން ދުރަށް ދައްކައިގެން ކުރިއަށް ގެންދިއުމަށް ރައީސް ޔާމީންގެ ވަކީލުން ތަކުރާރުކޮށް އެދެމުންދާތީ މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ އަދިވެސް އެކަން ބައްލަވާނެ ކަމަށެވެ. މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން އެދިވަޑައިގަތީ ދެ ދައުވާގެ އަޑުއެހުންތައް ލައިވް ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސެންދެން ޝަރީއަތް މަޑުޖައްސާލަ ދިނުމަށެވެ.
މި މައްސަލާގައި މިއަދުގެ އަޑުއެހުމުގައި ޔޫސުފް ނަޢީމްވެސް ވަނީ ދަޢުވާއަށް އިންކާރުކޮށްފައެވެ. އޭގެ އިތުރުން ހެކި ހުށަހަޅަން 30 ދުވަހުގެ މުއްދަތެއް ދިނުމަށް ޔޫސުފް ނައީމްގެ ވަކީލުން ވަނީ އެދިފައެވެ. ނަމަވެސް މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ނިންމެވީ ހަތް ދުވަހުގެ ފުރުސަތެއް އެކަމަށް ދެއްވުމަށެވެ.
މިއަދު އަޑުއެހުން ނިންމަވާލައްވަމުން އިސް ގާޒީ ޝަކީލް މިއަދު ވިދާޅުވީ މި މައްސަލާގައި ދެން އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ ހަވަނަ ދުވަހު ކަމަށެވެ. އެ އަޑުއެހުމުގައި ކުރިއަށް ގެންދަން ތާވަލުކޮށްފައި ވަނީ ދައުލަތާއި ދައުވާ ރައްދުވާ ދެ ފަރާތުން ހުށަހަޅާ ހެކިތައް ހާމަކުރުމެވެ.
ފަޅުރަށެއްގެ ގޮތުގައި އޮތް ވ. އާރަށަކީ ކުރިން ޑީއާރްޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ހިއްސާ އޮންނަ ރަށެކެވެ. ނަމަވެސް 2015 ވަނަ އަހަރު ސަރުކާރުން ވަނީ އެރަށް ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ކުންފުންޏަކަށް ދީފައެވެ. އަދި ޔޫސުފް ނައީމްގެ ކުންފުނިން ވަނީ އެރަށް ބޭރުގެ ކުންފުންޏަކަށް 1 މިލިއަން ޑޮލަރަށް ވިއްކާލާފައެވެ. މައްސަލަ އުފެދިގެން އުޅެނީ އެ އެއް މިލިއަން ޑޮލަރު ރައީސް ޔާމީން އެޗުއެސްބީސީގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރިކަމަށް ބުނާ މައްސަލައަކާއި ގުޅިގެންނެވެ.
މި މައްސަލާގައި ރައީސް ޔާމިނަށް މަނީލޯންޑަރިންގެ ދައުވާއެއް އުފުލާފައިވާއިރު، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް މީގެކުރިން އިއްވި ހުކުމް ސުޕްރީން ކޯޓުން ވަނީ ބާތިލްކޮށްފައެވެ. އޭގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ވެސް އެމަނިކުފާނުގެ މައްޗަށް ވަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު