ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ކުރިން ހުންނެވި އައްސަދު އަލީ (އަޑުބަރޭ) ރާއްޖޭގައި ނެތްކަމަށް ފުލުހުން ކަރެކްޝަންސަށް އަންގައިފިއެވެ.
އަޑުބަރޭ ޖަލަށް ލާން ހުކުމްކުރީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލްކުރި މައްސަލާގައި ޖާމިނުވި އެއްބަސްވުމާ ހިލާފުވެފައިވާތީއެވެ. އަދި އޭނާގެ ޣައިރު ހާޒިރުގައި އިއްވި ޖަލު ހުކުމާއެކު އޭނާ ވަނީ ސްޓޭޓް މިނިސްޓަރުގެ މަގާމުން ވެސް ވަކިކޮށްފައެވެ.
އަޑުބަރޭގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް އޭނާ މިވަގުތު ރާއްޖޭގައި ނެތެވެ. އަދި އަޑުބަރޭއަށް އިއްވި ހުކުމް ތަންފީޒުކުރަން އޭނާ ހަވާލުކޮށްދޭން މޯލްޑިވްސް ކަރެކްޝަނަލް ސާވިސުން ފުލުސް އޮފީހުގައި އެދުމުން އޭނާ ރާއްޖޭގައި ނެތްކަމަށް ބުނެ ފުލުހުން މިހާރުވަނީ ކަރެކްޝަންސަށް ޖަވާބުދީފައެވެ.
މުވައްޒަފުންތަކަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި މަޤާމުން ވަކިކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ތިން ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ހާޒިރު ނުކުރުމުން އޭނާގެ މައްޗަށް ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) އަށް ކޯޓުން ވަނީ ފިޔަވަޅު އަޅާފައެވެ.
އެގޮތުން ގާޒީ ވިދާޅުވީ އަލީ ވަޙީދު އަނބުރާ ރާއްޖެ ގެނައުމަށް އައްސަދު ކުރި މަސައްކަތެއް ފެންނަން ނެތް ކަމަށެވެ. އެހެންކަމުން މިއީ ކޯޓާމެދު ނުބައި ތަސައްވުރެއް އުފެއްދުންކަމަށާއި އަދި އަދުލު އިންސާފަށް ހުރަސް އެޅުންކަމަށްވެސް ގާޒީ ހަސަން ސަޢީދު ވިދާޅުވިއެވެ.
އޭގެ އިތުރުން އެއަޑުއެހުމަށް އައްސަދުވެސް ހާޒިރުވެފައިނުވާތީ ގާޒީ ޙަސަން ސައީދު ވަނީ އައްސަދު ޖާމިނުވުމުގެ އިޤްރާރާ ޚިލާފުވެ، ކޯޓުގެ ޙުރުމަތް ކެނޑުމަށް ކޮށްފައިވާ ކަންކަމަށް ރިއާޔަތް ކޮށް އޭނާ 15 ދުވަހަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލްކުރުމުން އޭނާ ވަނީ ބޭސް ފަރުވާއަށް ކަމަށް ބުނެ އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ. އަލީ ވަހީދު ފިލުމުގެ އިހުތިމާލު އޮތުމުން ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު އޭރު އެ އަމުރު ނެެރެފައިވަނީ އަލީ ވަހީދުގެ މައްސަލައަށް އޭނާގެ ގާތް އެކުވެރިޔާ، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ ޖާމިނުވާން އެއްބަސްވުމުންނެވެ.
ޖާމިނު އެއްބަސްވުމުގައި ބުނެފައިވަނީ ކޯޓުން ކަނޑައަޅާ ދުވަހެއްގައި އެ މީހަކު އަޑުއެހުމަށް ހާޒިރުކުރަން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް ހައިކޯޓަށް ހުށައެޅި މައްސަލާގައި އެ ކޯޓުން ކަނޑައެޅި ދުވަހަށް އަލީ ވަހީދު ހާޒިރުވެފައެއް ނުވެއެވެ.
އަލީ ވަހީދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށްގެންދަން ނިންމި މައްސަލައިގެ އިސްތިއުނާފު އަޑުއެހުމަށް ހާޒިރުވާން ސުޕްރީމް ކޯޓުން ޗިޓު ފޮނުވުމުން އަޑުއެހުމަށް ހާޒިރުވެފައިނުވާތީ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ކަނޑައަޅައި އަލީ ވަހީދު ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން މިދިޔަ އަހަރުގެ އޮގަސްޓް 11 ވަނަ ދުވަހު ސްޕްރީމް ކޯޓުންވެސް ވަނީ ހުކުމްކޮށްފައެވެެ. އެ ހުކުމް ތަންފީޒުކުރުމަށް އަލީ ވަހީދު ރާއްޖެ ގެނައުމަށް ފުލުހުންގެ ކިބައިން ކަރެކްޝަން ސަރވިސުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު