އިނގިިރޭސި ސަފީރު އިސްލާމީ މަރުކަޒުގެ ނަމާދުކުރާ ސަރަޙައްދުގައި
އިނގިިރޭސި ސަފީރު އިސްލާމީ މަރުކަޒުގެ ނަމާދުކުރާ ސަރަޙައްދުގައި
މުސްލިމުންގެ ސަޤާފަތަށް އިޙްތިރާމް ކުރުމަށް އިނގިރޭސި ސަފީރު ކެރޮން ރޮސްލަރއަށް އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ ރައީސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގޮވާލައްްވައިފިއެވެ.

ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ފުރަތަމަ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިމޭރުމުން ވިދާޅުވެފައިވަނީ ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އިނގިރޭސި ސަފީރު ކެރޮން ރޮސްލަރއާއި އަދި އިތުރު ދެއަންހެނަކު ބުރުގާ ނާޅައި އިސްލާމީ މަރުކަޒަށް ވެންނެވުމާ ގުޅިގެންނެވެ.

ޑރ. ޝަހީމް ވިދާޅުވީ އިނގިރޭސި ރާނީ އެކުވެރި ޢަރަބި ޢިމާރާތުގެ އެންމެ ބޮޑު މިސްކިތަށް ޒިޔާރަތް ކުރެއްވިއިރު މުސްލިމުންގެ ސަޤާފަތަށް އިޙްތިރާމް ކުރެއްވުމުގެ ގޮތުން ބުރުގާ ތުރުކުރެއްވި ކަމަށެވެ. އެހެންކަމުން އިނގިރޭސި ސަފީރުވެސް އެނަމޫނާގައި ހިއްޕަވަން ޖެހޭ ކަމަށާއި މިސްކިތުގެ ޤަދަރާއި އިޙްތިރާމް ދަމަހައްޓައި މުސްލިމުންގެ ސަގާފަތަށް އިޙްތިރާމްކުރަންޖެހޭ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

"ރާއްޖޭގެ މިސްކިތްތަކަށް ވަނުމުގައި މިސްކިތްތަކުގެ މަތިވެރިކަން ދަމަހައްޓައި މުސްލިމުންގެ ސަޤާފަތަށް އިޙްތިރާމްކުރުމަށް ރާއްޖޭގައި ހުންނަވާ އިނގިރޭސި ސަފީރަށް ގޮވާލަން." ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.



އިިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ސައުތު އޭޝިއާ އެންޑް ދަ ކޮމަންވެލްތު އެންޑް ދަ ޕްރައިމް މިނިސްޓަރސް ސްޕެޝަލް ރެޕްރެސެންޓޭޓިވް އޮން ޕްރިވެންޓިންގް ސެކްޝުއަލް ވަޔަލެންސް އިން ކޮންފްލިކްޓްސް، ލޯޑް (ޠާރިޤް) އަޙްމަދު އޮފް ވިމްބަލްޑަން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙުމަދު ޒާހިރު ޢަލީ އާއިއެކު އިއްޔެ ބޭއްވި ބައްދަލުވުމަށް ފަހު އޭނާ އާއިއެކު ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އިނގިރޭސި ސަފީރު ކެރޮން ރޮސްލަރއާއި އަދި އިތުރު ދެއަންހެނަކު ވަނީ ބުރުގާ ނާޅައި ތިބެ އިސްލާމީ މަރުކަޒަށް ވަދެފައެވެ.

ރާއްޖޭގައި އައުރަ ނިވާނުކޮށް މިސްކިތްތަކަށް ވަނުމަކީ މީގެ ކުރިން ފެނިފައިވާ މަންޒަރެއްނޫނެވެ. މިކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު