ބާޣީން މިއަދުވެސް ބިސްގޯނި ހިފައިގެން ދުވަނީ މާރިޔާ ފަހަތުން ކަމަށް ވިދާޅުވެ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވައިފިއެވެ.
މޫސަ މިމޭރުމުން ވިދާޅުވީ ރާއްޖެ އެތެރެކުރާ ކޮންމެ ތިންބިހަކުން ދެބިސް އެތެރެކުރަނީ އިންޑިއާއިން ކަމަށާއި "އިންޑިއާ އައުޓް" ކެމްޕޭންގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި ސަލާމަތަށް ނުރައްކާ އޮތްކަމަށް ދިފާޢީ ވަޒީރު މާރިޔާ ވިދާޅުވުމުން އިދިކޮޅުން އެކަމަށް ފާޑުކިއުމާ ގުޅިގެންނެވެ.
އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ ހަވާދުލީ ބިސް ނުލިބުނު ނަމަވެސް އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ. އޭގެއިތުރުން މާރިޔާ އެކަށީގެންވަނީ ބިސްގުދަނެއް ބަލަހައްޓަން ކަމަށާއި ދިވެހި ސިފައިންގެ ވެރިއަކަަށް ކަމުނުދާކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.
އެކަމާގުޅިގެން އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވަމުން މޫސަ ވިދާޅުވީ ޤައުމީ ކަންކަމުގައާއި ސިޔާސީ ދާއިރާގައިވެސް އަންހެން ކަނބަލުންނަށް ކުރިޔަށް ދެވޭނެކަން މިނިސްޓަރ މާރިޔާ ސާބިތުކޮށްދީފައިވާ ކަމަށެވެ. އެގޮތުން 7 ފެބްރުއަރީގައި ބާޣީން ތަޅާ އަނިޔާކުރި މާރިޔާ މިއަދު ހުންނެވީ ސިފައިންގެ ވަޒީރަކަށް ކަމަށާއި މިއަދުވެސް ބާޣީން ބިސްގޯނި ހިފައިގެން ދުވަނީ މާރިޔާ ފަހަތުން ކަމަށެވެ.
"7-8 ފެބްރުއަރީގައި ބާޣީން ތަޅާއަނިޔާކުރި މާރިޔާ މިއަދު އެހުރީ ސިފައންގެ ވަޒީރަށެވެ، އޭރުގެ ބާޣީން މިއަދުވެސް މާރިޔާ ފަހަތުން ބިސްގޯނި ހިފައިގެން ދުވަނީއެވެ،" ރީކޯ މޫސަ ވިދާޅުވިއެވެ.
އޭގެ އިތުރުން މޫސަ ވިދާޅުވީ އިސްލާމް ދީނުގައި އަންހެނުންނާ މުޢާމަލާތްކުރުމުގައި އަދަބު އިޙްތިރާމްގެ މިންގަނޑެއް އޮންނަ ކަމަށާއި ނަމަވެސް ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިންގެ ކިބައިން އެކަން ނުފެންނަ ކަމަށެވެ. ބައެއް ޢިލްމުވެރިން ފުރައްސާރަކުރުމާއި މަލާމާތް ކުރާއިރު އަންހެނުންނަށް ބެލުމެއް ނޯންނަކަންވެސް މޫސަ ފާހަގަ ކުރެއްވިއެވެ.
މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވެފައިވަނީ ރާއްޖެއަށް އެތެރެކުރާ ކޮންމެ ތިން ބިހަކުން 2 ބިސް އެތެރެކުރަނީ އިންޑިއާއިން ކަމަށެވެ. އޭގެ އިތުރުން ރާއްޖެ އެތެރެކުރާ ހަނޑުލުގެ 90 އިންސައްތައާއި ފިޔާ، އަލުވި ވެސް އެތެރެކުރަނީ އިންޑިއާއިން ކަމަށް މާރިޔާ ވިދާޅުވިއެވެ.
މާރިޔާގެ ވާހަކަފުޅަށް ރައްދު ދެއްވަމުން މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު ވިދާޅުވީ އިންޑިއާ ސިފައިންނަށް ދިވެހިރާއްޖޭގައި ނުތިބެވޭނެ ކަމަށާއި އިންޑިޔާ ސިފައިން ޖެހޭނީ ރާއްޖެއިން ފައިބަންކަމަށެވެ. އިތުރަށް ޠާރިޤު ވިދާޅުވީ ތިން ބިހުން ދެ ބިސް ގެންނަނީ ހަވާދު ލައިގެން ކަމަށް ވިޔަސް ވަރިހަމަ ކަމަށެވެ.

ޤައުމީ ކަންކަމުގާ އަންހެންކަނބަލުންނަށް ސިޔާސީދާއިރާގައިވެސް ކުރިޔަށްދެވޭނެކަން @MariyaDidi ސާބިތުކޮށްދެއްވައފިއެވެ،7-8 ފެބްރުއަރީގައި ބާޣީންތަޅާއނިޔާކުރި މާރިޔާ މިއަދުއެހުރީ ސިފައންގެ ވަޒީރަށެވެ،އޭރުގެ ބާޣީން މިއަދުވެސް މާރިޔާފަހަތުން ބިސްގޯނ ހިފައިގެން ދުވަނީއެވެ،
— Moosa Maniku (Reeko) (@ReekoMoosa) February 19, 2022
އޭގެ އިތުރުން މޫސަ ވިދާޅުވީ އިސްލާމް ދީނުގައި އަންހެނުންނާ މުޢާމަލާތްކުރުމުގައި އަދަބު އިޙްތިރާމްގެ މިންގަނޑެއް އޮންނަ ކަމަށާއި ނަމަވެސް ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިންގެ ކިބައިން އެކަން ނުފެންނަ ކަމަށެވެ. ބައެއް ޢިލްމުވެރިން ފުރައްސާރަކުރުމާއި މަލާމާތް ކުރާއިރު އަންހެނުންނަށް ބެލުމެއް ނޯންނަކަންވެސް މޫސަ ފާހަގަ ކުރެއްވިއެވެ.
މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވެފައިވަނީ ރާއްޖެއަށް އެތެރެކުރާ ކޮންމެ ތިން ބިހަކުން 2 ބިސް އެތެރެކުރަނީ އިންޑިއާއިން ކަމަށެވެ. އޭގެ އިތުރުން ރާއްޖެ އެތެރެކުރާ ހަނޑުލުގެ 90 އިންސައްތައާއި ފިޔާ، އަލުވި ވެސް އެތެރެކުރަނީ އިންޑިއާއިން ކަމަށް މާރިޔާ ވިދާޅުވިއެވެ.
މާރިޔާގެ ވާހަކަފުޅަށް ރައްދު ދެއްވަމުން މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު ވިދާޅުވީ އިންޑިއާ ސިފައިންނަށް ދިވެހިރާއްޖޭގައި ނުތިބެވޭނެ ކަމަށާއި އިންޑިޔާ ސިފައިން ޖެހޭނީ ރާއްޖެއިން ފައިބަންކަމަށެވެ. އިތުރަށް ޠާރިޤު ވިދާޅުވީ ތިން ބިހުން ދެ ބިސް ގެންނަނީ ހަވާދު ލައިގެން ކަމަށް ވިޔަސް ވަރިހަމަ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު