ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުالله ޝަމާލްގެ ޔުނީފޯރމް ވީދާލާ މަގާމުން ދުރުކުރުން ވާޖިިބު ވެއްޖެ ކަމަށް ވިދާޅުވެ މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ޖެނެރަލް ޝަމާލަށް އިންޒާރު ދެއްވައިފިއެވެ.
އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ސިފައިންގެ އިސް ހުރިހާ އޮފިސަރުން ދެކޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބުދުالله ޝަމާލް ވަނީ ވިދާޅުވެފައެވެ. އެކަމާ ގުޅިގެން ނަރީޝް ވިދާޅުވީ ޖެނެރަލް ޝަމާލް އެމޭރުމުން ވިދާޅުވުމުން ގައުމަށް ޣައްދާރުވެފައިވާ މިންވަރު ސާފުވާ ކަމަށެވެ.
ޑެޕިއުޓީ މޭޔަރު ވިދާޅުވީ ގައުމު ހިމާޔަތް ކުރަންޖެހޭ މީހުން ރައްޔިތުންގެ ފައިސާއިން މުސާރައާއި އިނާޔަތް ނަގައިގެން ގައުމު އަޅުވެތިކުރަން އިސްވީމާ ދެން ގައުމުގެ މިނިވަންކަން ނޯންނާނެކަމަށެވެ. އަދި ޖެނެރަލް ޝަމާލްގެ ޔުނީފޯމް ވީދާލަންޖެހޭކަމަށް ވިދާޅުވެ ނަރީޝްވަނީ ޖެނެރަލް ޝަމާލަށް އިންޒާރު ދެއްވާފައެވެ.
"ރައްޔިތުން ނިކުމެ ޗީފް އޮފް ޑިފެންސް ފޯސްގެ ޔުނީފޯރމް ވީދާލާ މަގާމުން ދުރުކުރަން ވާޖިިބު ވެއްޖެ." ޑެޕިއުޓީ މޭޔަރު ނަރީޝް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ޑިފެންސް މިނިސްޓަރ މާރިޔާ ވަނީ، ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މެންބަރުން ރައީސް ޔާމީނުގެ "އިންޑިޔާ އައުޓް" ކެމްޕޭނަކީ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެއްކަމަށް އިއްތިފާޤުވެ ވަޑައިގަންނަވާކަން ފާހަގަކުރައްވާފައެވެ.
އަދި މިކަމާ ގުޅޭގޮތުން، އެމްއެންޑީއެފްގެ ލަފާދޭ މަޖިލީހާއި، ސީނިއަރ ޖެނެރަލް އޮފިސަރުންނާއި، ކޮމާންޑް އެންޑް ސްޓާފް ލެވެލްގައި މަސައްކަތްކުރައްވާ ހުރިހާ އޮފިސަރުންނާއި، ރާއްޖެއިން ބޭރުގައި މަސައްކަތްކުރައްވަމުން ގެންދަވާ ދިވެހި އަސްކަރިއްޔާގެ ޑިފެންސް އެޑްވައިޒަރުންނާ މަޝްވަރާކުރެއްވި ކަމަށާއި، ޖުމްލަކޮށް އެހުރިހާ ބޭފުޅުންވެސް، މިކެމްޕޭނުގެ ސަބަބުން ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ބޮޑެތި ނުރައްކާތައް ކުރިމަތިވާކަމަށް ވިދާޅުވެފައިވާކަން އެކަމަނާވަނީ ފާހަގަކުރައްވާފައެވެ.

ރައްޔިތުން ނިކުމެ ޗީފް އޮފް ޑިފެންސް ފޯސްގެ ޔުނީފޯރމް ވީދާލާ މަގާމުން ދުރުކުރަން ވާޖިިބު ވެއްޖެ! ގައުމު ހިމާޔަތް ކުރަންޖެހޭ މީހުން ރައްޔިތުންގެ ފައިސާއިން މުސާރައާއި އިނާޔަތް ނަގައިގެން ގައުމު އަޅުވެތިކުރަން އިސްވީމާ ދެން ގައުމުގެ މިނިވަންކަމެއް ނޯންނާނެ! ހިތާމައިގެ ކޮޅެއް ނެތް!
— Ahmed Narysh (@ahmed_narysh) February 18, 2022
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ޑިފެންސް މިނިސްޓަރ މާރިޔާ ވަނީ، ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މެންބަރުން ރައީސް ޔާމީނުގެ "އިންޑިޔާ އައުޓް" ކެމްޕޭނަކީ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެއްކަމަށް އިއްތިފާޤުވެ ވަޑައިގަންނަވާކަން ފާހަގަކުރައްވާފައެވެ.
އަދި މިކަމާ ގުޅޭގޮތުން، އެމްއެންޑީއެފްގެ ލަފާދޭ މަޖިލީހާއި، ސީނިއަރ ޖެނެރަލް އޮފިސަރުންނާއި، ކޮމާންޑް އެންޑް ސްޓާފް ލެވެލްގައި މަސައްކަތްކުރައްވާ ހުރިހާ އޮފިސަރުންނާއި، ރާއްޖެއިން ބޭރުގައި މަސައްކަތްކުރައްވަމުން ގެންދަވާ ދިވެހި އަސްކަރިއްޔާގެ ޑިފެންސް އެޑްވައިޒަރުންނާ މަޝްވަރާކުރެއްވި ކަމަށާއި، ޖުމްލަކޮށް އެހުރިހާ ބޭފުޅުންވެސް، މިކެމްޕޭނުގެ ސަބަބުން ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ބޮޑެތި ނުރައްކާތައް ކުރިމަތިވާކަމަށް ވިދާޅުވެފައިވާކަން އެކަމަނާވަނީ ފާހަގަކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު