ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމްއެންޔޫގެ މެޑިސިން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންތަކަކަށް ބުލީކުރި މައްސަލަ ބަލަމުންދާކަމަށް ޔުނިވަރސިޓީން ހާމަކޮށްފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މިއަދު ބުނެފައިވަނީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންތަކަކަށް ގަނާކުރާ މައްސަލައެއް 17 ފެބްރުއަރީ 2012 ގައި ހުށަހަޅާފައިވާ ކަަމަށެވެ. އަދި އެ މައްސަލަ ބަލަމުންދާ ކަމަށް ޔުނިވަރސިޓީން ވަނީ ބުނެފައެވެ.
"ގަނާ ކުރުމަކީ ދަރިވަރުންގެ ކޯޑް އޮފް ކޮންޑަކްޓްގައި މަނާކަމަކަށްވުމާއިއެކު، މިކަން ޔުނިވަރސިޓީގެ މައްސަލަބަލާ ކޮމެޓީ އަކުންދަނީ ތަހުގީގު ކުރަމުންނެވެ. އަދި މައްސަލަ ނިމުނުހާ އަވަހަކަށް މިކަން ހިނގާފައިވާގޮތް ދަރިވަރުންނާ ޙިއްސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ވާހަކަ ދަންނަވަމެވެ." އެމްއެންޔޫގެ ބުނެފައިވެއެވެ.
ޔުނިވަރސިޓީގެ ބަޔާނުގައިވަނީ މައްސަލައިގެ ތަހުގީގީ މަރުހަލާ ނިމެންދެން މިކަމާ ގުޅޭގޮތުން މީޑިއާ ތަކުގައި މައްސަލަ އޮޅޭގޮތަށް އެއްވެސް ފަރާތަކުން އެއްވެސް ވާހަކައެއް ޢާއްމު ނުކުރުމަށް އެދިފައެވެ.
އެމްއެންޔޫގެ މެޑިސިން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރަކު މީސް މީޑިއާގައި ބުނެފައިވަނީ ސްކޫލްގެ ތެރެއިން ބުލީ ކުރަމުންދާ ކަމަށާއި މި މައްސަލަ މެޑިސިން ސްކޫލްގެ ޑީންއަށް ހުށަހެޅުމުން ވެސް އެއްބާރުލުމެއް ލިބިފައިނުވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު