ކޯވިޑް-19 އަށް ޕޮޒިޓިވް ބަންގްލަދޭޝް މީހަކު މަރުވެފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކޮށްފިއެވެ.
އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ރޭ މަގުމަތިން ހޭނެތިގެން ވެއްޓިފައިވާ ބަންގްލަދޭޝް މީހަކު ފެނިގެން އައިޖީއެމްއެޗަށް ގެންދެވުނު ކަމަށާއި، އޭނާ އައިޖީއެމްއެޗަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށެވެ.
މަބްރޫކް ވިދާޅުވީ، އޭނާ ކޯވިޑް-19 އަށް ޓެސްޓް ކުރެވިފައިވާ ކަމަށާއި، އަދި ނަތީޖާ ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އެމީހާ އަކީ ރާއްޖޭގައި އަމިއްލަ މީހަކާއެކު އެކި މަސައްކަތުގައި އުޅޭ މީހެއް ކަމަށާއި، އަދި އޭނާއަކީ ހާރޓް ޕޭޝެންޓެއް ކަމަށް މަބުރޫކް ވިދާޅުވިއެވެ. އެމީހާ މަސައްކަތެއް ނުކުރާތާ 2 މަސްދުވަސްވަރު ވެދާނެ ކަމަށާއި، އޭނާގެ ކިބައިން ކޯވިޑް-19 ގެ އެއްވެސް ޢަލާމާތެއް ނުފެންނަ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މި ކޭސްއާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 4 މީހަކު ފާހަގަކުރެވިފައިވާ ކަމަށާއި، އަދި މިއީ ކޯވިޑް-19 އާ ގުޅިގެން ރާއްޖެއިން ނިޔާވި 05 ވަނަ މީހާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ކޯވިޑް-19 އާ ގުޅިގެން ރާއްޖެއިން ނިޔާވެފައިވަނީ 3 ދިވެހިންނާއި، 02 ބަންގްލަދޭޝް މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު