އެމްްޑީޕީގެ ސިޔާސަތަކީ ޕްރައިވެޓް ސެކްޓަރގެ ވިޔަފާރި ފުޅާކުރުން ކަމަށާއި ސަރުކާރުން ވިޔަފާރި ކުރުމަކީ އެމްޑީޕީގެ ސިޔާސަތު ނޫންކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތަށް ފާޑު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު މުޙައްމަދު ވަޙީދު ވިދާޅުވީ އެމްޑީޕީން އަބަދުވެސް މެނިފެސްޓޯ ތައްޔާރުކުރަނީ ރައްޔިތުން ކައިރިއަށްގޮސް ރައްޔިތުން އެންމެބޭނުންވާ ކަންތައްތައް ހިމަނައިގެން ކަމަށެވެ. އެގޮތުން ޕްރައިވެޓް ސެކްޓަރގެ ވިޔަފާރިތައް ކުރިއެރުވުމަކީ އެމްޑީޕީގެ ސިޔާސަތުކަމަށް ވައްޑެ ވިދާޅުވިއެވެ. އެމްޑީޕީން ވެރިކަމަށް އައީ ކަންމަތީ ފިހާރަތަކުގެ ދަރަނި ފިލުވޭނެ ޖާގަ ހަދައިދޭން ކަމަށްވެސް ވައްޑެ މިއަދު ވިދާޅުވިއެވެ.
ވައްޑެ ވިދާޅުވީ މިސަރުކާރަށް ތިން އަހަރު ވީއިރު ރަށްރަށުގެ ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ޙައްލުކުރުމަށްޓަކައި ފެންހިފޭ ބަދަލެއް ގެނައުމުގެ މަސައްކަތް ކުރެއްވުމަށް ހިންގަވާލައްވާފައި އުޅުއްވާމަންޒަރު ނުފެންނަ ކަމަށެވެ. އަދި އެމްޑީޕީން ކަންކުރަންވާނީ އެމްޑީޕީން ހުށައެޅި މެނިފެސްޓޯއާއި އެއްގޮތަށް ކަމަށާއި އެމްޑީޕީގެ ސިޔާސަތު މިފަސްއަހަރު ހިންގަންޖެހޭނެ ކަމަށް ވައްޑެ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ވިސްނުމެއްނޫން ސަރުކާރުން ވިޔަފާރި ކުރުމަކީ. ސަރުކާރު ވިޔަފާރި މަދުކޮށް އަމިއްލަ ޕްރައިވެޓް ސެކްޓަރގެ ވިޔަފާރި ފުޅާކޮށްދޭން އައިބައެއް އަޅުގަނޑުމެންނަކީ." މިއަދުގެ ޖަލްސާގައި ވައްޑެ ވިދާޅުވިއެވެ.
ވައްޑެ ވިދާޅުވީ ސަރުކާރުން ކުރާ ވިޔަފާރިތަކުގެ ސަބަބުން އަމިއްލަ ވިޔަފާރިތަކަށް އޮތް ފުރުސަތުތައް ބަންދުވުމަކީ އެމްޑީޕީގެ ވިސްނުން ނޫންކަމަށެވެ. ސަރުކާރުން ކުދިވިޔަފާރިތަކަށް ވަނުމުގެ ސަބަބުން ގޭދޮށު ފިހާރައިގެ ޢާމްދަނީ ދަށްވާ ކަމަށާއި އެކަމުގެ ސަބަބުން ފިހާރައިގައި ތިބޭ މުވައްޒަފުންނަށް އެންމެ ކުޑަ އުޖޫރަ ނުދެވޭނެ ކަމަށް ވައްޑެ ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ވައްޑެވަނީ ސަރުކާރުގެ އެސްއޭޕީ އާ އެއްގޮތަށް ދަޢުލަތުގެ ވުޒާރާތަކުން މަސައްކަތް ކޮށްދެއްވުމަށް އެންމެހާ ވުޒާރާތަކަށް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު