ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސް ޞާލިޙްގެ ސަރޖަރީ ކާމިޔާބު ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ފެބްރުއަރީ ތޭވީހުން ފެށިގެން ރައީސް ޞާލިޙް ހުންނެވީ ތައިރޮއިޑްގެ ފަރުވާއަކަށް ސިންގަޕޫރުގައެވެ. ރޭފަަތިހު ތައިރޮއިޑް ސާޖަރީ ހައްދަވަން ހަމަޖެހިފައި އޮތުމުން ރައީސް ޞާލިޙްވަނީ ޤާނޫނު އަސާސީން އެމަނިކުފާނަށް މަތިކޮށްފައިވާ ރިޔާސީ ހުރިހާ ބާރެއް ނައިބު ރައީސް ފައިސަލް ނަސީމަށް ޙަވާލު ކުރަށްވާފައެވެ. އަދި ނައިބުރައީސް ފައިސަލްނަސީމް ވަނީ މިއަދު ހެނދުނު 6:00 ގައި ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާ ވަގުތީގޮތުން ޙަވާލުވެ ވަޑައިގަންނަވާފައެވެ.

ރައީސް ޞާލިޙް ދާދި ދެންމެއަކު ވިދާޅުވީ އެމަނިކުފާނުގެ ސަރޖަރީ ކާމިޔާބުކަމަށާއި ޙާލުކޮޅު ރަނގަޅުވަމުން އަންނަކަމަށެވެ. އަދި ހެޔޮދުޢާ ކުރެއްވި އެންމެހާ ފަރާތްތަކަށް ރައީސް ވަނީ ޝުކުރުއަދާކުރަށްވާފައެވެ.



ރައީސް ސާޖަރީ ކުރެއްވި ވަގުތު ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތައް ނެންގެވީ އެމަނިކުފާނުގެ ނާއިބް ފައިސަލް ނަސީމް އެވެ. ރައީސް އޮފީހުން ބުނީ ރައީސްގެ ސަރޖަރީ ކާމިޔާބުވުމާއެކު އެމަނިކުފާނު ވަނީ ވެރިކަމުގެ މަސްއޫލިއްޔަތުތަކާ އަލުން ހަވާލުވެވަޑައިގެންފައި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަލުން ހަވާލުވެވަޑައިގެންނެވީ ޤާނޫނު އަސާސީގެ 123 ވަނަ މާއްދާގެ (ހ)ގައި ވާގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އެކަން ލިއުމުން އެންގެވުމަށްފަހު ހެނދުނު 9:30 ގައެވެ.



ގާނޫނު އަސާސީގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް އޭނާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީގޮތުން ޢުޛުރުވެރިވެއްޖެކަމަށް ޤަބޫލުކުރެވިއްޖެނަމަ، ސަބަބު ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުންއެންގުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙަވާލުކުރާންވާނެއެވެ.

އަދި، ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އަލުން ހަވާލުވާންވާނީ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހުކަމަށް ގާނޫނުއަސާސީގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން