މަތީ ތަޢުލީމާބެހޭ ވަޒީރު ޑރ. އިބްރާހިމް ހަސަން
މަތީ ތަޢުލީމާބެހޭ ވަޒީރު ޑރ. އިބްރާހިމް ހަސަން
ޔޫކްރޭންގައި ތިބި 21 ދިވެހި ދަރިވަރަކަށް ސަރުކާރުން މާލީ އެހީ ދީފި ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދޭން ފަށާފައިވާއިރު، ޔޫކްރެއިނާއި ރަޝިޔާގުޅޭ ބޯޑަރު ކައިރީގައި ތިބި ދިވެހި 5 ކިޔަވާކުއްޖަކު ފިޔަވާ، އެ ސަރަޙައްދުގައި ތިބި ހުރިހާ ދަރިވަރުން މިހާރު ވަނީ ރާއްޖެ އައިސްފައެވެ. ޔޫކްރެއިންގައި ހަނގުރާމަ ހިނގަމުންދާ ސަރަހައްދުގެ އިތުރުން އެ ޤައުމުގެ އެކި ސިޓީތަކުގައި އަދިވެސް ދިވެހި 20 ދަރިވަރަކު އެބަތިއްބެވެ. އެ ދަރިވަރުންނާވެސް ގުޅައިގެން އެމީހުންގެ ޙާލަތު ބަލަމުންދާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޔޫކްރެއިންގައި މިވަގުތު ތިބި 21 ދަރިވަރަކަށް ސަރުކާރުން މާލީ އެހީ ދީފައިވާ ކަމަށެވެ. އޭގެ އިތުރުން ދަރިވަރުން ބޭނުންކުރާ ބޭންކު ކާޑުތަކުގެ ލިމިޓްވެސް ވަނީ އަންނަ މަހުގެ ތިންވަނަ ދުވަހާ ހަމައަށް އިތުރު ކޮށްފައެވެ.



ފޮރިން މިނިސްޓްރީން ބުނީ ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުން ރާއްޖެ ގެނައުމަށްޓަކައި އެ ކުދިން ރައްކާތެރި ހިސާބަކަށް ގެންދެވޭތޯ ޖަރުމަނުގައި ހުންނަ ރާއްޖޭގެ އެމްބަސީން މަސައްކަތްކުރަމުންދާކަމަށެވެ. އަދި އެކުވެރި ދައުލަތްތަކާއި ގުޅިގެން އެކަން ވާނެ ގޮތެއް ބަލަމުންދާކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ޔޫކްރެއިންގެ 3 ސަރަހައްދެއްގައި ދިވެހި ދަރިވަރުން ތިބިއިރު، އެ ހުރިހާ ކުރިންވެސް ތިބީ ރައްކާތެރިކަމާއެކު ކަމަށެވެ. އަދި އެކުދިންގެ އަތުގައި ކާބޯތަކެއްޗާއި ފައިސާވެސް އެކަށީގެންވާރަކަށް އެބަހުރިކަމަށްވެސް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން