ރައްޔިތުންގެ މަޖިލީހގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ޔޫކްްރެއިންގެ ރައީސް ވްލޮޑްމިއަރ ޒެލެންސްކީގެ ހިތްވަރަށް ރައްޔިތުންގެ މަޖިލީހގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ތަޢުރީފު ކުރަށްވައިފިއެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ހިތްވަރުގަދަ ކަމާއި ކެރުންތެރިކަމާއެކު ހަނގުރާމައަށް ނުކުމެ ހުންނެވުމުން ހިތްޕުޅަށް އަސަރުނުކުރުމަކީ ނާދިރު ކަމެއް ކަމަށެވެ.

"ހަނގުރާމައިގެ ކުރިމަތީގައި ހުއްޓިވަޑައިގެން އެ ހުންނެވީ ގަދަކޮށް" ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.



ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށަށް ޙަމަލާތައް ދެމުންގެންދާއިރު ރައީސް ޒެލެންސްކީ ވަނީ އޭނާގެ ސަލާމަތަށް ޤައުމުދޫކޮށްދިއުމަށް އެމެރިކާއިން ހުށަހެޅި ހުށަހެޅުމަށް ދެކޮޅު ހައްދަވާފައެވެ. އަދި ރައީސް ޒެލެންސްކީ ގެންދަވަނީ މަގުތަކުގައި ޔޫކްރެއިން އަސްކަރިއްޔާ އާއެކު ހަރަކާތްތެރިވަމުންނެވެ.

ޔޫކްރެއިންގެ ރައީސް ވަނީ މިދަނޑިވަޅުގައި ޤައުމުދިފާޢުކުރަމުން ދަނީ ގިނިކަންޏާކަމަށް ވިދާޅުވެ ހުޅަނގާއި އެމެރިކާއަށްވެސް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު


15

މުހައްމަދު

02-Mar-2022

އެކަމަކު ތިޔަކުނެތް އެއްވެސް ހިއްވަރެއް


3

މުހައްމަދު

02-Mar-2022

އެކަމަކު ތިޔަކުނެތް އެއްވެސް ހިއްވަރެއް