ކޯވިޑް ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 296 އަށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭ އިން ބުނެފައިވަނީ ށ. ކޮވިޑް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ ދެމީހުން ނިޔާވެފައިވާ ކަމަށެވެ. އެގޮތުން މިމަހުގެ 22 ވަނަ ދުވަހު 79 އަހަރުގެ ދިވެހި އަންހެނެއް ނިޔާވެފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި މިމަހުގެ 25 ވަނަ ދުވަހު 78 އަހަރުގެ ދިވެހި ފިރިހެނެއްވެސް ނިޔާވެފައިވާ ކަމަށް އެޗްޕީއޭއިން މަޢުލޫމާތުދީފައިވެއެވެ.
މިދެމީހުންގެ މަރާއެކު ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީޙުންގެ ޢަދަދުވަނީ 296 އަށް އަރާފައެވެ. ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 277 ދިވެހިންނާ 19 ބިދޭސީންނެވެ.
ރާއްޖޭން ކޯވިޑް-19 ފެނުނު ފަހުން މިދިޔަ އަހަރުގެ މެއި މަހަކީ ރާއްޖޭގައި އެއްމަހެއްގައި އެންމެ ގިނަ މީހުން ނިޔާވި މަހެވެ. މެއި މަހު ޖުމްލަ 88 މީހުން ވަނީ ނިޔާވެފައެވެ. އަދި މެއި މަހުގެ 24 ވަނަ ދުވަހަކީ ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޯވިޑްގައި ނިޔާވި ދުވަހެވެ. އެދުވަހު ރާއްޖެއިން ވަނީ 13 މީހަކު ނިޔާވެފައެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު ނިޔާވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ރާއްޖެ މިވަގުތުއޮތީ ކޯވިޑްގެ އެންމެ ނުރައްކާތެރި ހާލަތުގައި އޮތްކަން އަންގާ "ރެޑް އެލާޓް"ގައެވެ. ރެޑްއެލާޓް ނެރެނީ މުޖުތަމަޢުގެ ތެރޭގައި ބަލި ޖެހުނު މީހަކާ ގުޅުމެއް އޮތްކަން ނޭނގި އެހެން މީހުންނަށް ބަލި ޖެހެން ފެށުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު