އެމްޑީީޕީީއަކީ ވަކި ޢާއިލާއަކުން އުފެއްދި ޕާޓީއެއް ނޫން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސާ މަނިކު މިމޭރުމުން ވިދާޅުވެފައިވަނީ މިއަދު ފެނިގެންދަނީ ދައުލަތުގެ މުސާރަވެރިން ޕްރޮޖެކްޓް ހޯދުމަށް އަޅުވެތި ވަމުންދާތަން ކަމުގައި އެމްޑީޕީގެ މާލެ ސިޓީގެ ރައީސް ޝިފާ މުހައްމަދު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ. ޝިފާއަށް ރައްދު ދެއްވަމުން މޫސަ ވިދާޅުވީ އެމްޑީޕީ އުފައްދަން މަސައްކަތް ކުރިއިރު ޝިފާ ހުންނެވީ ރައީސް މައުމޫންގެ ސަރުކާރުގައި ކަމަށެވެ.
އޭގެ އިތުރުން އަދިވެސް އެއްބަޔަކު ބަލަނީ ޢާއިލާ ތެރޭގައި ޕާޓީ ހިފަހައްޓަން ކަމަށާއި އެގޮތަށް ޚުދުމުހުތާރުކަމާއެކު ޕާޓީ ހިފަހައްޓާފައި އޮންނަތާ 15 އަހަރު ވެއްޖެ ކަމަށް މޫސަ ވިދާޅުވިއެވެ. އެމްޑީޕީ އަކީ ފިކުރެއް ކަމަށާއި ނަމަވެސް ޕާޓީގެ ލީޑަރޝިޕުން އިޚްލާސްތެރިންކަމަށް ޤަބޫލުކުރަނީ ޢާއިލީ ބާރުވެރިކަން ޕާޓީތެރޭގައި ދަމަހައްޓައިދޭ ކުދިންކަމަށްވެސް މޫސަ ވިދާޅުވިއެވެ.
"އެމްޑީޕީއަކީ ވަކި ޢާއިލާއަކުން އުފެއްދި ޕާޓީއެއް ނޫން." މޫސާ މަނިކު ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގެ ކެންޕޭން ފޯރި ގަދަވެފައިވާއިރު ޝިފާ ވިދާޅުވެފައިވަނީ މިހާތަނަށް އެމްޑީޕީ ފެނިގެން ގޮސްފައިވަނީ ރައްޔިތުންނަށް ހެޔޮވާނެ ކަންކަން ކުރަމުންދިޔަ ޕާޓީއެއްގެ ގޮތުގައިކަމަށެވެ. ނަމަވެސް މިހާރު އެމްޑީޕީ ފެނިގެންދަނީ ކުއްލިއަކަށް ލިބުނު މާބޮޑު ބާރުވެރިކަމެއްގެ ތެރެއިން މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ސަރުކާރުގެ އެކި ޕްރޮޖެކްޓްތައް ހޯދުމަށާއި، އަމިއްލަ މަޤާމު ދިފާއު ކުރެއްވުމަށް މަސައްކަތް ކުރާތަން ކަމަށް ޝިފާ ވިދާޅުވިއެވެ.
"ޕާޓީގެ ވިސްނުން ހުރިނަމަ މަށަށް ލިބެން އޮތީ ކޮން އެއްޗެއްތޯ ބަލާކަށް ނުތިބޭނެ. މިހާތަނަށް އެމްޑީޕީ ގެނެސްފައި އޮތީ ޖުމްލަ ރައްޔިތުންނަށް ހެޔޮވާނެ ކަންކަން." ޝިފާ ވިދާޅުވެފައިވެއެވެ.
އެމް.ޑީ.ޕީ ޗެއަރޕާސަން މަގާމާއި އަންހެނުންގެ ރޫހު، ޒުވާނުންގެ ހިއްވަރުގެ ރައީސް އަދި ނައިބް ރައީސް ކަމުގެ މަޤާމުގެ އިންތިޚާބް ބޭއްވުމަށް ހަމަޖެހިފައިވަނީ 16 އޭޕްރީލް 2202 ވާ ހޮނިހިރު ދުވަހުއެވެ.

Mi dhuvahu Shifamen thibbe v R maumoonuge sarukaaruga MDP akee vaki aailaa akun ufeddhi party eh noon pic.twitter.com/BAUqMYCBDg
— Moosa Maniku (Reeko) (@ReekoMoosa) February 27, 2022
އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގެ ކެންޕޭން ފޯރި ގަދަވެފައިވާއިރު ޝިފާ ވިދާޅުވެފައިވަނީ މިހާތަނަށް އެމްޑީޕީ ފެނިގެން ގޮސްފައިވަނީ ރައްޔިތުންނަށް ހެޔޮވާނެ ކަންކަން ކުރަމުންދިޔަ ޕާޓީއެއްގެ ގޮތުގައިކަމަށެވެ. ނަމަވެސް މިހާރު އެމްޑީޕީ ފެނިގެންދަނީ ކުއްލިއަކަށް ލިބުނު މާބޮޑު ބާރުވެރިކަމެއްގެ ތެރެއިން މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ސަރުކާރުގެ އެކި ޕްރޮޖެކްޓްތައް ހޯދުމަށާއި، އަމިއްލަ މަޤާމު ދިފާއު ކުރެއްވުމަށް މަސައްކަތް ކުރާތަން ކަމަށް ޝިފާ ވިދާޅުވިއެވެ.
"ޕާޓީގެ ވިސްނުން ހުރިނަމަ މަށަށް ލިބެން އޮތީ ކޮން އެއްޗެއްތޯ ބަލާކަށް ނުތިބޭނެ. މިހާތަނަށް އެމްޑީޕީ ގެނެސްފައި އޮތީ ޖުމްލަ ރައްޔިތުންނަށް ހެޔޮވާނެ ކަންކަން." ޝިފާ ވިދާޅުވެފައިވެއެވެ.
Party visnun hurinama mash liben othy kon ehchehthoa balaakah nuthibeyne . Mihaathanah MDP genehsaa othy Jumla rayathunah heyo vaane kankan . Miadhu kuhliyakah fennani maa bodu baareh ovegen daulathuge musaaraverin project hoadhumah alhuvethi vaathan . https://t.co/s1ObAAY8sH
— Shifa Mohammed🎈🇵🇸 (@SifaMohammed) February 26, 2022
އެމް.ޑީ.ޕީ ޗެއަރޕާސަން މަގާމާއި އަންހެނުންގެ ރޫހު، ޒުވާނުންގެ ހިއްވަރުގެ ރައީސް އަދި ނައިބް ރައީސް ކަމުގެ މަޤާމުގެ އިންތިޚާބް ބޭއްވުމަށް ހަމަޖެހިފައިވަނީ 16 އޭޕްރީލް 2202 ވާ ހޮނިހިރު ދުވަހުއެވެ.

AUS
ކިޔުންތެރިންގެ ހިޔާލު