ދިވެހި ބާޣީން މަސައްކަތްކުރީ ވެރިމީހާ ދަންޖައްސަން ކަމަށް ޕޮލިސް ބޯޑުގެ މެންބަރު ހާމިދު އަބްދުލްޣަފޫރު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޕޮލިސް ބޯޑުގެ މެންބަރު ޙާމިދު މިމޭރުމުން ވިދާޅުވެފައިވަނީ ޔޫކްރެއިންގެ ރައީސް ޒެލެންސްކީގެ ހިތްވަރުގަދަ ކަމާއި ކެރިވަޑައިގެންނެވުމާއެކު ހަނގުރާމައަށް ނުކުމެ ހުންނެވުމަކީ ތަޢުރީފު ޙައްޤުކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.
7 ފެބްރުއަރީގައި ރާއްޖޭގައި ހިނގާދިޔަ ކަންތައްތަކަށް އިޝާރާތް ކުރަށްވަމުން ހާމިދު ވިދާޅުވީ ޕުޓިންއާއި ދިވެހިބާޣީންގެ ތަފާތެއް ނެތްކަމަށެވެ.
އެގޮތުން ދިވެހި ބާޣީން ރާއްޖޭގައި މަސައްކަތްކުރީ ވެރިމީހާ ދަންޖެއްސުމަށް ކަމަށާއި އެކަން ނުވެއްޖެނަމަ އެހެން ޤައުމަކަށް އަރުވާލުމަށްކަމަށް ހާމިދު ވިދާޅުވިއެވެ. އަދި ދިވެހިން އެކަން ހަނދާން ހުންނާނެކަމަަށްވެސް ހާމިދު ވިދާޅުވިއެވެ.
ޙާމިދަކީ 2012 ނޮވެމްބަރު 16 ވަނަދުވަހުގެ ފަތިހު 05:00 ހާއިރު ހދ. ހޮނޑައިދޫ ކިޔާ ފަޅުރަށެއްގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެ ބަނގުރާ ބޭނުންކޮށް އެތަކެތި ގެންގުޅުނު މައްސަލައާ ގުޅިގެން ދަޢުވާކުރުމަށް ފުލުހުންގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވި ބޭފުޅެކެވެ. އެ މައްސަލާގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ކާށިދޫ ދާއިރާގެ މިހާރުގެ މެމްބަރު ޖާބިރާއި، ރައީސް ނަޝީދު ސަރުކާރުގެ ސްޕޯކްސްޕަރސަން މުޙައްމަދު ޒުހެއިރާއި، ދަޢުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި އިބްރާހީމް ޙުސައިން ޒަކީ ވެސް ހިމެނެއެވެ.
"ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު" ގެ ދަށުން އުފައްދަން ޖެހޭ ޕޮލިސް ބޯޑުގައި ތިއްބަވަނީ ހަތް މެމްބަރުންނެވެ. އޭގެ ތެރޭޭގައި ހިމެނެނީ ރައީސް އައްޔަން ކުރައްވާ ދެ މެމްބަރުންނާއި އެކި ދާއިރާތަކާ ގުޅޭ ތިން ތަޖުރިބާކާރުންނާއި އާންމުންގެ ތެރެއިން ދެ މެމްބަރަކެވެ.

Dhivehi baageen raajeygai masaiykaiy kuree verimeehaa dhanjahsan, nuvinama ehen gaumakah aruvaalan. Putin aai thafaatheh neiy. Dhivehin mikan handhaan hunnaane.
— Hamid Abdul Ghafoor (@HamidhAG) February 27, 2022
ޙާމިދަކީ 2012 ނޮވެމްބަރު 16 ވަނަދުވަހުގެ ފަތިހު 05:00 ހާއިރު ހދ. ހޮނޑައިދޫ ކިޔާ ފަޅުރަށެއްގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެ ބަނގުރާ ބޭނުންކޮށް އެތަކެތި ގެންގުޅުނު މައްސަލައާ ގުޅިގެން ދަޢުވާކުރުމަށް ފުލުހުންގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވި ބޭފުޅެކެވެ. އެ މައްސަލާގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ކާށިދޫ ދާއިރާގެ މިހާރުގެ މެމްބަރު ޖާބިރާއި، ރައީސް ނަޝީދު ސަރުކާރުގެ ސްޕޯކްސްޕަރސަން މުޙައްމަދު ޒުހެއިރާއި، ދަޢުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި އިބްރާހީމް ޙުސައިން ޒަކީ ވެސް ހިމެނެއެވެ.
"ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު" ގެ ދަށުން އުފައްދަން ޖެހޭ ޕޮލިސް ބޯޑުގައި ތިއްބަވަނީ ހަތް މެމްބަރުންނެވެ. އޭގެ ތެރޭޭގައި ހިމެނެނީ ރައީސް އައްޔަން ކުރައްވާ ދެ މެމްބަރުންނާއި އެކި ދާއިރާތަކާ ގުޅޭ ތިން ތަޖުރިބާކާރުންނާއި އާންމުންގެ ތެރެއިން ދެ މެމްބަރަކެވެ.
ކިޔުންތެރިންގެ ހިޔާލު