ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލާއަށް ބަހުގެ ހަމަލާތަކެއް އަމާޒުކުރަށްވާފައި ނުވާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

މެންބަރު ރޮޒައިނާ އާދަމް މިމޭރުމުން ވިދާޅުވެފައިވަނީ އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ކެމްޕޭން ޖަލްސާގައި ދެއްކެވި ވާހަކަތަކެއް މީޑިއާގައި ގެނެސްދިން ގޮތާމެދު ހިތްޕުޅުހަމަޖެހިވަޑައިނުގެން ކުރެއްވި ޓްވީޓެއްގައެވެ. އެރޭގެ ޖަލްސާގަައި ރޮޒޭ ވިދާޅުވިކަމަށްބުނެ ނޫހެއްގައި ރިޕޯޓްކޮށްފައިވަނީ އޭނާއަށް އަންހެނުންގެ ރޫހުގެ ރައީސް ކަމަށް އަންނަން ފުރުސަތު ލިބިއްޖެ ނަމަ ސިޔާސީ ފުރުސަތުތަކަކީ ވަކި އާއިލާއަކަށް ނުވަތަ ވަކި ރަށަކަށް ކަނޑައެޅިފައި އޮންނަ އެއްޗަކަށް ވެގެން ނުދާނެ ކަމަށެވެ.

އޮންލައިން ނޫހުގައި ބުނެފައިވަނީ ރޮޒޭގެ ބަހުގެ ޙަމަލާތައް އަމާޒު ކުރެއްވީ ރައީސް ނަޝީދާއި އެމަނިކުފާނުގެ ޢާއިލާއަށް ކަމަށެވެ. ނަމަވެސް ރޮޒޭނާ ވިދާޅުވީ ލިޔާ މީހާއަށް ހީވާ އެއްޗެއްސަކީ އޭނާ ވިދާޅުވި އެއްޗެއް ކަމަށް ހަދާފައި ސުރުހީގައި ނުލިޔެވޭނެކަމަށާއި އެއީ ނޫސްވެރިކަން ނޫންކަމަށެވެ. އަދި އެއީ ރައްޔިތުންނަށް އޮޅުވާލުމަށް ލިޔެފައިއޮތް ސުރުޚީއެއްކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"މީތޯ ނޫސްވެރިކަމަކީ. މި މައްސަލަބަލަން ހުށައަޅާނަން." ރޮޒައިނާ ވިދާޅުވެފައިވެއެވެ.

ނަމަވެސް ރޮޒައިނާގެ ވާހަކަތަކަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ވަނީ ރައްދު ދެއްވާފައެވެ. ޝިޔާން ވިދާޅުވީ ރައީސް ނަޝީދާއި ޒާތީގޮތުން ޖެހިގަނެގެން އުޅުއްވާ މަދު މެންބަރުންގެ ތެރޭގައި ރޮޒޭ އަކީ ފާހަގަކޮށްލެވޭ ކަނބަލެއް ކަމަށެވެ. އަދި އެހެން ހެއްދެވުމުން ގެއްލުންވާނީ ރޮޒޭއަށް ކަމަށް މެންބަރު ޝިޔާން ވިދާޅުވިއެވެ.

"ތިކަން ކުރީމަ ހަމަ ހަލާކުވެދާނީ ކަމަނާ އިނގޭތޯ." މެންބަރު ޝިޔާން ވިދާޅުވެފައިވެއެވެ.



އެމްޑީޕީގެ ލީޑަރޝިޕް އިންތިޚާބުގެ ފޯރި ގަދަވެފައިވާއިރު މެންބަރު ރޮޒައިނާ ވާދަކުރަށްވަނީ އަންހެނުންގެ ރޫޙުގެ ރައީސްގެ މަޤާމަށެވެ. އެ މަޤާމަށް ދެން ވާދަކުރަށްވަނީ ސަފާތު ޒާހިރެވެ.

މީގެ ކުރިންވެސް ރައީސް ނަޝީދާއި މެންބަރު ރޮޒައިނާގެ މެދުގައި ޚިޔާލުތަފާތުވުންތައް އުފެދި ބަހުގެ ޙަމަލާތައް ބަދަލުކޮށްފައިވެއެވެ. އެގޮތުން "ރޮޒޭގެ މަޅީގައި އެމްޑީޕީގެ އެއްވެސް މެންބަރަކު ނުޖެހޭނެކަން ކަށަވަރު" ކަމަށާއި، ޕާޓީތެރޭ "ވަކި ޕަވަބޭސް" އާއި "ނެޓްވޯކް" ހަދައިގެން އުޅުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް ނަޝީދު ވަނީ ރޮޒައިނާއަށް އަމާޒުކުރަށްވާ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު


-1

އަހުމަދު

02-Mar-2022

ތިީނަ އެމްޑީޕީ ހަލާކު ކޮލަން އުލޭމީހެއް އޭނަ ބޭރުކުރަން ވެޖެ އަދި ތިީނަޔަކިީ ތެފުކެހެރިޔެ