ކޮވިޑް-19 ވެކްސިންގެ ޑިޖިޓަލް ވެކްސިން ޕާސްޕޯޓު
ކޮވިޑް-19 ވެކްސިންގެ ޑިޖިޓަލް ވެކްސިން ޕާސްޕޯޓު
ފޭކް ކޮވިޑް ވެކްސިން ކާޑު ވިއްކި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތެރެއިން ފޭކް ވެކްސިން ކާޑު ވިއްކި މައްސަލައެއް ރިޕޯޓްކޮށްފައިވާތީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން މިފަދަ މައްސަލައެއް ބަލަން ފަށާފައިވާއިރު މީގެ ކުރިންވެސް ކޮވިޑް ވެކްސިންގެ ވަގު ކާޑު ވިއްކުމުގެ މައްސަލަތައް މީސް މީޑިއާގައި ޢާއްމުންވަނީ ފެންމަތިކޮށްފައެވެ. ރާއްޖޭގައި މިހާރު އާންމުކޮށް ޖަހަމުން ދަނީ ވެކްސިންގެ ބޫސްޓާ ޑޯޒެވެ.

މީގެ ކުރިން އެޗްޕީއޭއިން ބުނެފައިވަނީ ވެކްސިންކާޑު ވިއްކާކަމުގެ ޝަކުވާތައް ބަލަމުންގެންދާ ކަމަށާއި ނަމަވެސް ނިޒާމު ހަމަޖެހިފައިވާ ގޮތުން އެކަމަކީ ހިނގުން ވަރަށް ނާދިރު ކަމެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު


-5

ކަންގަނާ

02-Mar-2022

ވަގު ކަލޭގެ ކޮވިޑް ވެކްސިންގެ ބައިގެ ބޮޑަކަށް ލީފަހުން ވޮލަންޓިއަރުންވެސް ވައްކަމުގައި ބައިވެރިވޭ. ވޮލަންޓިއަރުންނަށްވެސް ނަގަނީ އެކަމުގައި އެހީތެރިވާނެ ކުދިން.



ޓްރެންޑިން