ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް
ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް
ރާއްޖޭގައި އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މާރޗް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުން ހެލްތު މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި ފުރަތަމަ އިއުލާނުކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހުއެވެ. އޭގެފަހުން އެކަމަށް ނިމުމެއް ގެނެސްފައެއް ނުވެއެވެ.

އެންމެފަހުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރީ މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. އެމުއްދަތު މިއަދުގެ ނިޔަލަށް ހަމަވާއިރު ހެލްތު މިނިސްޓަރު ސޮއިކުރައްވައި މިއަދު ނެރުއްވި ގަރާރުގައި ބުނެފައިވަނީ، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތުމުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮތްގޮތަށް ބާއްވަން ނިންމެވީ ކަމަށެވެ.

މި ގަރާރުގައި ރައްޔިތުންގެ ސަލަމާތާރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދިއުމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ވަނީ އަންގަވާފަ އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު ކުރިއިރު މިހާރު ފެތުރެމުންދާ ކޯވިޑް-19 ގެ އައު ވޭރިއަންޓް ރާއްޖެއިންވެސް މިހާރު ވަނީ ފެނިފަ އެވެ. އަދި އަތޮޅުތެރޭގައި ބަލި ފެތުރޭ ނިސްބަތްވަނީ އިތުރުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން