ރާއްޖޭން ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އުމަރު އަބްދުއްރައްޒާގް (ވ)
ރާއްޖޭން ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އުމަރު އަބްދުއްރައްޒާގް (ވ)
ރާއްޖޭން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ކަނޑައަޅުއްވާ ސަފީރުގެ ގޮތުގައި ހަމަޖެއްސެވުމަށް ރައީސް ޞާލިޙް ނިންމަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިކަމާ ގުޅިގެން ފޮނުއްވި ސިޓީފުޅު މަޖިލީހުގެ ތަޅުމަށް ވަނީ އިއްވަވާފައެވެ. އެ ސިޓީފުޅުގައި ވިދާޅުވެފައި ވަނީ ލަންކާގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުއްރައްޒާގް ބެލްޖިއަމާއި އީޔޫއަށް ކަނޑައަޅާފައި ހުންނަ ދިވެހި ސަފީރަކަށް ހަމަޖެއްސެވުމަށެވެ.

އޭގެއިތުރުން ބެލްޖިއަމް އާއި އީޔޫގައި ހުންނަވާ ސަފީރު ހަސަން ޞާބިރު ޖަޕާނުގައި ހުންނަވާ ދިވެހި ސަފީރަކަށް ޢައްޔަނުކުރެއްވުމަށްވެސް ރައީސް ޞާލިޙްވަނީ ހުށައަޅުއްވާފައެވެ. ނަމަވެސް މިހާރު ޖަޕާނުގައި ހުންނަވާ ސަފީރު އިބްރާހިމް އުވެއިސް އެހެން މަގާމަކަށް ހަމަޖެއްސެވުމަށް ރައީސް އެދިވަޑައިގެންފައެއް ނުވެއެވެ.

ރައީސްގެ ސިޓީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވެވުމަށްފަހު އެ ބަދަލުތަކަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު