ރައީސް ޞާލިޙްގެ ދިފާޢީ ސިޔާސަތުގެ އަޞްލަކީ ހުރިހާ ޤައުމަކާ ގުޅިގެން މަސައްކަތްކުރުން ކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، އެމްއެންޑީއެފް މެރިން ކޯރ އިން މުޅިން އަލަށް އެކުލަވާލައި، ހިންގި ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕް ކޮލިފިކޭޝަން ކޯސް ނިންމުމަށް ގިރިފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ މާރިޔާގެ ވާހަކަފުޅުގައި، އެކަމަނާ ވަނީ، ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ ޞުލްޙަޔާއި އަމާންކަމަށް ލޯބިކުރާ ޤައުމެއްކަން ފާހަގަކުރައްވާފައެވެ.
"އަޅުގަނޑުމެން ދިވެހިންގެ ގޮތަކީ، އަބަދުވެސް، އަޅުގަނޑުމެންގެ ޤައުމަށް އެންމެ ފައިދާހުރި ގޮތަކީ ކޮބައިތޯ ބަލާ، ޙިކުމަތްތެރިކަމާއެކީ، ހުރިހާ ޤައުމުތަކާ ގުޅިގެން، އެކުވެރިކަމުގެ ރޫޙެއްގައި މަސައްކަތްކުރުން. މިވީހާ ތަނަށްވެސް، އަޅުގަނޑުމެންގެ ޤައުމުގެ މިނިވަންކަމާއި ސިޔާދަތާ އަދި މިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން މިގޮތުގައި ކަށަވަރުކޮށް، ދަމަހައްޓަމުން އައިސްފައިވުމުގެ ސިއްރަކީ މީ. އަޅުގަނޑުމެން ދިވެހިންގެ ޙަޤީޤީ ތަބީޢަތަކީވެސް މިއީ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދިފާޢީ ސިޔާސަތުގެ އަޞްލަކީވެސް މިއީ"، މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.
އެމްއެންޑީއެފްއަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދެއްވާ، ސިފައިންނަށް ތަމްރީނުގެ އިތުރު ފުރުޞަތުތައް ހޯއްދަވާދެއްވާ، ސިފައިންނަށް ބޭނުންވާ ކަންކަން ވީހާވެސް ރަނގަޅަށް ކޮށްދެއްވަން ކުރައްވާ މަސައްކަތްޕުޅަށްޓަކައި، މިނިސްޓަރ މާރިޔާ ވަނީ، އެންމެހާ ސިފައިންގެ ނަމުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު އަދާކުރައްވާފައެވެ.
މިނިސްޓަރ މާރިޔާ ވިދާޅުވީ، ސިފައިންގެ އާއިލާތަކުގެ މެންބަރުންގެ ޤުރުބާނީއަކީ އެއްވެސް ތަރާދަކުން ކިރޭ ވަރަށްވުރެ މާ ބަރު، މާ އަގުބޮޑު ޤުރުބާނީއެއް ކަމާއި، އެބޭފުޅުންނަކީ ދިވެހި ޤައުމީ ދިފާޢީ ބާރުގެ ވަރަށް މުހިންމު ޙިއްސާއެއްކަމަށެވެ. މިނިސްޓަރ މާރިޔާ އިތުރަށް ވިދާޅުވީ، ކޯސް ފުރިހަމަކުރި ސިފައިންގެ ކޮނޑުގައިވާ ޓެބާއި، މޭމަތީގައިވާ ބެޖާއި، ބޮލުގައިވާ ބެރޭއިން ރަމްޒުކޮށްދެނީ، އެމީހުންގެ ކޮނޑާއި، މެއާއި، ބޮލުގައި އެޅިފައިވާ ޒިންމާގެ މަތިވެރިކަމާއި މަސްއޫލިއްޔަތުގެ ބުރަކަން ކަމަށެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ މާރިޔާގެ އިތުރުން، ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ސިފައިންގެ އާއިލާތަކުގެ މެންބަރުންވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެމްއެންޑީއެފް ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕް (އެސް.އޯ.ޖީ) އަކީ، ސިފައިންގެ ހިންގުމުގެ އޮނިގަނޑަށް ގެންނަމުންދާ އިޞްލާޙީ ހެޔޮ ބަދަލުތަކުގެ ތެރެއިން، ކޮމްބެޓިންގ ޓެރަރިޒަމް އަދި ޑައިރެކްޓް އެކްޝަން އޮޕަރޭޝަންތަކަށް މެރިންކޯރގެ ދަށުން އުފައްދާފައިވާ ޚާއްޞަ ފައުޖެކެވެ. އެސް.އޯ.ޖީން މަސައްކަތްކުރަމުންދާނީ ސްޕެޝަލް ފޯރސަސްއާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު