ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާކަމަށް ބުނެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅައިފިއެވެ.
މިމައްސަލަ މަޖިލީހަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު އެވެ. މިމައްސަލަ ހުށަހެޅީ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބާއި ދިމާކޮށް ރ. ދުވާފަރު އެމްޑީޕީގެ ވަރަށް އިސް ބޭފުޅެއް ކަމަށްވާ އާމިރު އަހުމަދު ހުންނެވި ސިޔާސީ މަގާމުން ވަކި ކުރުމާއި ގުޅިގެންނެވެ.
ވައްޑެ ހުށަހެޅުއްވި ކުއްލި މައްސަލާގައި ވަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުތަކަކީ ޤާނޫނުއަސާސީގެ 117 ވަނަ މާއްދާއާއި 120 ވަނަ މާއްދާގެ ދަށުން، ތަފާތު ނުކުރުމުގެ ހަމަތަކުގެ މަތިން ބޭނުން ކުރައްވަން ޖެހޭނެ ބާރުތަކެއް ކަމަށެވެ.
އެހެން ނަމަވެސް އެމްޑީޕީގެ އެތެރޭގެ އިންތިޚާބަކާއި ދިމާކޮށް އެ ޕާޓީގެ ސްލޮޓްގައި ސިޔާސީ މަގާމުތަކާއި އެހެނިހެން އާންމު ވަޒީފާތަކުގައި ވެސް ތިބި ބަޔަކު ވަޒީފާއިން ވަކިކުރުމާއި، ވަކިބަޔަކަށް ވަޒީފާގެ ބިރުދެއްކުމަކީ އެ ހަމަހަމަކަން އޮތް ކަމާއި މެދު ސުވާލު އުފެދޭ ކަމެއްކަމަށް ވައްޑެ ވިދާޅުވިއެވެ.
މި މައްސަލާގައި މީގެ ކުރިން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާ ރައީސުލްޖުމްހޫރިއްޔާ ބޭނުން ކުރައްވަނީ ވަރަށް ސިޔާސީކޮށް ކަމަށެވެ.
ރައީސް ސާލިޙަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކާއި ދިމާކޮށް އެ ޕާޓީން މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވަކިކޮށްގެން ނުވާނެ ކަމަށެވެ. އަދި އެބޭފުޅުން ވަޒީފާއިން ވަކިކުރައްވާނަމަ އެމަނިކުފާނުވެސް ވަކި ކުރެއްވުމަށް ރައީސް ނަޝީދު ވަނީ ރައީސް ޞާލިޙުގެ އަރިހުން އެދިވަޑައިގެންފައެވެ.
އޭޕްރީލް 16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު އިންތިހާބުގައި ވާދަކުރަށްވަނީ މިނިސްޓަރު ފައްޔާޒު އިސްމާއީލާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއެވެ. ދެބޭފުޅުންގެ ކެމްޕޭން ވާދައިގައި ޕާޓީގެ ލީޑަރޝިޕް ވަނީ ދެބަޔަށް ބެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު