ރައީސް ނަޝީދުގެ ދައުރުގައި ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީގެ މަޤާމު އަދާކުރެއްވި ޝުޢައިބް ޢަލީ، ފުރަހަނި ޝުޢައިބު މޯލްޑިވިއަން ޑިމޮކްރެޓިކް އެލަޔަންސް (އެމްޑީއޭ) އަށް ސޮއި ކޮށްފިއެވެ.
ޝުއައިބު އެމްޑީއޭއަށް ސޮއިކޮށްފައިވަނީ އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި، އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މުހައްމަދާއި އެޕާޓީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޝުޢައިބު އެމްޑީއޭއަށް ސޮއިކޮށްފައިވާއިރު އެޕާޓީގެ ލީޑަރ އަޙްމަދު ޝިޔާމް މުޙައްމަދުގެ ޕާސްޕޯޓް ސިވިލްކޯޓުން ވަނީ ހިފަހައްޓާފައެވެ. ޝިޔާމްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ސަން ޓްރެވަލްއިން ތަރައްޤީކުރި ރިސޯޓެއްގެ ހިންގުން ހިލްޓަން އިންޓަނޭޝަނަލާ ހަވާލުކުރުމަށްފަހު އެ ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލުކުރި މައްސަލާގައި ބައިނަލްއަޤުވާމީ އާބިޓަރޭޝަނުން ނިންމި ނިންމުމެއް ތަންފީޒުކުރުމަށެވެ.
މީގެކުރިން އެމްޑީޕީގެ އިސްމަޤާމުތަކެއް އަދާކުރަށްވައި ރައީސް ނަޝީދުގެ އަރިސް ބޭފުޅެއްގެ ގޮތުގައި މީގެ ކުރިން ފާހަގަ ކުރެވުނު ޝުޢައިބް ފަހަކަށްއައިސް ފާހަގަ ކުރެވިފައިވަނީ، ރައީސް ނަޝީދާއި އެމްޑީޕީއަށް ފާޅުގައި ފާޑުވިދާޅުވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި އެފަދަ މައްސަލަތަކާ ގުޅިގެން އެމްޑީޕީން ވަނީ ޝުޢައިބަށް ފިޔަވަޅުއަޅައި ޕާޓީގައި އޭނާ އަދާކުރަމުން ދިޔަ މަޤާމުންވެސް ވަކިކޮށްފައެވެ.
މާލޭ ރައްޔިތުންނަށް ގުޅީފަޅުން ގޯތި ދޫކުރާނެ ކަމަށް އެމްޑީޕީން ވެފައިވާ ވަޢުދު ފުއްދަމުން ނުދާކަމަށް ބުނެ ޝުޢައިބު އިސްކޮށް ހުންނަވައިގެން "ނޯގޯތި-ނޯވޯޓް" ގެ ނަމުގައި މަދަނީ ޙަރަކާތެއްވެސް މީގެ ކުރިން ކުރިޔަށް ގެންދެވިއެވެ.
އަދި އެމްޑީޕީގެ ރައީސްކަމުގެ މަޤާމަށް ވާދަކުރަށްވާނެކަމަށްވެސް ޝުޢައިބު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު