ދިވެހިރާއްޖޭގެ ސުޕްރީމްކޯޓު
ދިވެހިރާއްޖޭގެ ސުޕްރީމްކޯޓު
ކޯޓުތަކުގައި ކައުންސިލްތައް ތަމްސީލު ކުރާނީ އެ ކައުންސިލެއް އަމިއްލައަށް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ކަނޑައަޅައިފިއެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ހުކުމްކުރީ އދ. ފެންފުށީ ބިމެއްގެ މައްސަލާގައި އެރަށު ކައުންސިލާ ދެކޮޅަށް އެރަށު ރައްޔިތަކު ހުށަހެޅި މައްސަލައެއް ބެލުމަށްފަހު ރަށްރަށުގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގައި ވެސް ދައުލަތް ތަމްސީލު ކުރަން ޖެހޭނީ ލޯކަލް ކައުންސިލްތަކުގެ ބަދަލުގައި ބަންޑާރަ ނައިބުގެ އޮފީހުން ކަމަށް ހައިކޯޓުން ނިންމި ނިންމުން ބާތިލުކުރުމަށްފަހުއެވެ.

"ކޯޓުތަކުގައި ކައުންސިލްތައް ބަންޑާރަ ނައިބު ތަމްސީލް ކުރުމަކީ ކައުންސިލްތަކުގެ މިނިވަންކަމަށް ހުރަސްއެޅި އަދި ބައެއް ފަހަރު ދެ ފަރާތުގެ މަސްލަހަތު ވެސް ފުށުއަރައިފާނެ ކަމެއް" ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމްގައިވެ އެވެ.

ސުޕްރީމް ކޯޓުން މިއަދު އިއްވި ޙުކުމުގައި ބުނެފައިވަނީ, ލޯކަލް ކައުންސިލްތަކަކީ ސަރުކާރާ ވަކިން ދައުލަތުގެ ތެރޭގައި ހިންގާ މިނިވަން, މުސްތަގިއްލު މުއައްސަސާތަކެއް ކަމަށެވެ. އަދި އެއީ, ދައުވާ ކުރުމާއި ދައުވާ ލިބިގަތުމާ އެކު އަމިއްލަ ސިއްކައަކާއެކު ހިންގާ ތަންތަން ކަމަށާއި, އެހެންކަމުން ކައުންސިލްތަކުން ކުރާ ދައުވާތަކާއި ކައުންސިލްތަކަށް ރައްދުވާ ދައުވާތަކާ ގުޅިގެން ވަކީލެއްގެ އެހީތެރިކަމާއެކު ނުވަތަ އެހީއާ ނުލާ ނަމަވެސް, ކޯޓުގައި ތަމްސީލުވާން ޖެހޭނީ އެ ކައުންސިލެއް އަމިއްލައަށް ކަމަށް ޙުކުމުގައިވެއެވެ.

"ކައުންސިލްތައް ތަމްސީލު ކުރާނީ އެ ކައުންސިލެއް އަމިއްލައަށް." ސުޕްރީމް ކޯޓުގެ ޙުކުމުގައިވެއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 22 ވަނަ މާއްދާއާއި ހަވާލާދީ އޭޖީ އޮފީހުން ބުނެފައިވަނީ ރަށު ކައުންސިލްތަކަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ ގާނޫނީ ސަހުސިއްޔަތަކަށް ވާތީ މި މައްސަލައިގައި ބަންޑާރަނާއިބުގެ އޮފީހުން ވަކާލާތު ކުރަން ނުފެންނަ ކަމަށް ބަންޑާރަނާއިބުގެ އޮފީހުންވެސް ވަނީ ބުނެފައެވެ.

މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން