މާލެ ނޯތު ހާބަރ ސަރަހައްދު - އަތޮޅުތަކުން އަންނަ އޮޑިދޯނި ފަހަރު ލަފާ ފުރާ އަދި މުދާއަރުވާ ބާލާ ސަރަހައްދު (ރަސް ފޮޓޯ- ޝާހް)
މާލެ ނޯތު ހާބަރ ސަރަހައްދު - އަތޮޅުތަކުން އަންނަ އޮޑިދޯނި ފަހަރު ލަފާ ފުރާ އަދި މުދާއަރުވާ ބާލާ ސަރަހައްދު (ރަސް ފޮޓޯ- ޝާހް)
"ނިއުނޯމަލް"ގެ ފުރަތަމަ ފިޔަވަހީގައި ބައެއް ޓެކްސީތަކަށް ޚިދުމަތް ދިނުމުގެ ފުރުސަތު ހުޅުވާލިނަމަވެސް ކުރިއަށް އޮތް ދެހަފުތާ ފަހުން ހުރިހާ ޓެކްސީތަކަށް އެ ފުރުސަތު ހުޅުވާލާނެ ކަމަށް އެޗްޕީއޭއިން ރޭ ބުނެފިއެވެ.

ޢެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ.ނަޒްލާ ރަފީގު ވިދާޅުވީ ފުރަތަމަ ފިޔަވަހީގެ ދަށުން ހާއްސަ މިންގަނޑުތަކާއެކު ޓެކްސީ ދަތުރުގެ ހިދުމަތް ވެސް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެކަމަކު ޓެކްސީ ޚިދުމަތްދެވޭނީ ސަލާމަތީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުރިހަމަކުރުމުން ކަމަށް ނަޒްލާ ވިދާޅުވިއެވެ.

އެގޮތުން ސަލާމަތީ ގޮތުން ހުންނަންޖެހޭ މިންގަނޑުތައް ތަފްސީލް ކޮށްދެއްވަމުން ޑރ.ނަޒްލާ ވިދާޅުވީ ފަސިންޖަރުން އަބަދުވެސް ތިބެންޖެހޭނީ ފަހަތު ގޮނޑީގައި ކަމަށެވެ. ޑްރައިވަރުގެ އިތުރުން ފަސިންޖަރުވެސް މާސްކް އަޅަން ޖެހޭއިރު މަގުމަތިން މީހުން ނުނެގޭނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ. ފަސެންޖަރަކަށް ހިދުމަތް ދެމުން އެހެން ފަސެންޖަރަކު ޓެކްސީއަށް ނޭރުވޭނެ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެއިތުރުން ޓެކްސީގެ ޚިދުމަތް ހޯދާ ފަސިންޖަރުން ލޮގްކުރަންޖެހޭއިރު އެޗްޕީއޭގެ ޓްރޭސް އެޕްލިކޭޝަން ވެސް ބޭނުންކުރަންޖެހޭނެއެވެ.

"ކުރިއަށް އޮތް ތަނުގައި ޑްރައިވާ އިންނަ ސީޓާ ފަހަތު ސީޓްގަ ޕާޓިޝަނެއް ވެސް ޖަހަން ވާނެ. އަދި ޓެކްސީތަކުގަ ވެސް އޮންލައިންކޮށް ލާރި ދެއްކެން ޖެހޭ ގޮތަށް ހަމަޖެއްސުން. ޓެކްސީތަކުގައި ހުންނަން ޖެހޭނީ ކުޑަދޮރުތައް ހުޅުވާފަ، ދެން ހަމައެކަނި ޓެކްސީ ސެންޓަރުން ނޫނީ ޓެކްސީ ބުކްކުރާ އެޕަކުން ބުކްކޮށްގެން ނޫނީ ޓެކްސީއަކަށް ނޭރޭނެ. މަގުމަތިން ޓެކްސީ ނަގައިގެން އެރުމަކީ މިވަގުތަށް ހުއްދަކަމެއް ނޫން.." ޑރ، ނަޒްލާ ވިދާޅުވި އެެވެ. 

ދެ ހަފުތާ ފަހުން ހުރިހާ ޓެކްސީއަކަށް ވެސް ޓެކްސީ ކުރުމުގެ ހުއްދަ ދިނުމަށް ނިއްމައިފައިވާއިރު އެ ހުއްދަ ލިބޭނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުރިހަމަކުރުމުން ކަމަށް ނަޒްލާ ވިދާޅުވިއެވެ. 

ޕިކަޕު އަދި ވޭނަށް ވެސް އެރޭނީ ފަހަތު ޝީޓަށް ކަމަށާއި، މިހާރު ދީފައިވާ ހުއްދަތަކުގެ އިތުރުން ފުރަތަމަ ދެ ހަފުތާގައި އިތުރު ހުއްދަތަކެއް ނުލިބޭނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އެކަމަކު ދެ ހަފުތާ ފަހުން ހުރިހާ ޕިކަޕަކަށް ވެސް ހުއްދަ ލިބޭނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ޕަބްލިކް ޓްރާންސްޕޯޓް ނުވަތަ ފެރީތަކާއި ބަސް ތަކުގައި ވެސް ދަތުރުކުރެވޭނީ ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ކަމަށް ނަޒްލާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން