ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން ތަމްސީލުކުރާނެ ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އެސްޓީއޯއިން ބުނީ މި މަގާމަށް ޝަރުތު ހަމަވާ ފަރާތްތަކުން އެސްޓީއޯގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމާއި އެ ފޯމާއެކު ހުށަހަޅުއްވަންޖެހޭ ޑޮކިއުމަންޓްތައް ހުށަހެޅުއްވުމުގެ ސުންގަޑިއަކީ 31 މާރިޗް 2022 ވާ ބުރާސްފަތި ދުވަހުގެ 16:00ގެ ކުރިން ކަމަށެވެ. އެސްޓީއޯގެ އޮންލައިން ޕޯޓަލް މެދުވެރިކޮށްވެސް ފޯމް ހުށައެޅޭނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
އެސްޓީއޯއިން ބުނީ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ. އަދި އިންޓަވިއުކޮށް، ޝޯޓް ލިސްޓު ކުރާ ކެނޑިޑޭޓުންގެ ތެރެއިން މި މަގާމަށް އިންތިހާބުކުރުމަށްޓަކައި އަހަރީ އާންމު ޖަލްސާއަށް ނަން ހުށަހަޅާނެ ފަރާތްތައް ކަނޑައަޅާނީ ޑިރެކްޓަރުންގެ ބޯޑުން ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން، ސަރުކާރު ތަމްސީލްކުރާ ޑިރެކްޓަރުންނަށް ބަދަލެއް ގެންނަވަން ބޭނުންވާނަމަވެސް 31 މާރިޗް 2022 ވަނަ ދުވަހުގެ 16:00ގެ ކުރިން ކުންފުންޏަށް އެކަން އަންގައިދިނުމަށް އެދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށްވެސް އެކުންފުނިން މިއަދު ވަނީ ހުށައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު