ރަށްރަށުގައި އެމްޑީޕީގެ ކަންކަން ހުރިގޮތް މާލޭ ސިޓީގެ އެމްޑީޕީ ރައީސް ޝިފާއަށް އެނގިވަޑައިނުގަންނަވާ ކަމަށް އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.
ކުރިއަށްއޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އަންހެނުންގެ ރޫޙުގެ ރައީސްކަމަށް ވާދަކުރަށްވާ ރޮޒޭނާ މިމޭރުމުން ވިދާޅުވެފައިވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ޕާޓީ އެކްޓިވް ކުރެވޭ ކަމަށާއި ދިދަޖަހައި ޙަރަކާތްތައް ހިންގޭކަމަށް ޝިފާ ވިދާޅުވުމާ ގުޅިގެންނެވެ.
"ދެން ކޮންކަމެއްތޯ ހިންގާނުލެވިގެން މިއުޅެނީ.. އެންމެ ކަމެއް. ކޮންމެސް ނުކިއްސަރު ބާރެއް ގޯހެއް ކިލަނބުކަމެއް." ޝިފާ ވިދާޅުވެފައިވެއެވެ.
ޝިފާއަށް ރައްދު ދެއްވަމުން ރޮޒޭނާ ވިދާޅުވީ ޝިފާގެ ވާހަކަތަކުން ރަށް ރަށުގައި ޕާޓީގެ ކަންކަން ހިންގާގޮތް ނޭގޭ މިންވަރާއި ރަށްރަށާއި ގުޅުން ނެތް މިންވަރު ހާމަވާ ކަމަށެވެ.
"މި އިންތިޚާބުގައި ކުރެވުނު ދަތުރު ތަކުގައިވެސް ރަށްރަށުގައި ޕާޓީގެ ކަންކަން ރަނގަޅަށް ނުހިންގާ ވާހަކަ ނުދައްކާ އެންމެ ރަށަކަށްވެސް އަދި ނުދެވޭ. އެމްޑީޕީ ހިންގާލަން ޖެހޭ." ރޮޒޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބާއްވަން ނިންމާފައިވަނީ އަންނަ އޭޕްރީލް މަހުހެ 16 ވަނަ ދުވަހު އެވެ. އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޗެއާޕާސަން ހޮވުމުގެ އިތުރުން އަންހެނުންގެ ރޫހާއި ޒުވާނުންގެ ރޫހުގެ އިސް މަގާމުތަކަށް ވެސް މީހުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު