ރާއްޖޭގެ ބޮޑު ބައެއް އޮތީ އިންޑިއާ ސިފައިންގެ ބާރުގެ ދަށުގައި ކަމަށް އިދިކޮޅު ކޯލިޝަނުން މަޖިލީހަށް ހުށައެޅި ރިޔާސީ ބަޔާނުގެ ޖަވާބުގައި ބުނެފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ މައިނޯރިޓީ ލީޑަރ އަޙްމަދު ސަލީމް ވިދާޅުވީ މިއަދު ދިވެހި ރައްޔިތުން އެންމެ ކަންބޮޑުވާ އެއްކަމަކީ އެކި ނަންނަމުގައި އިންޑިއާގެ ސިފައިން މިޤައުމުގައި ތިބުން ކަމަށެވެ. އެގޮތުން އުތުރު ތިލަފަޅާއި ހަނިމާދޫއާއި އައްޑޫ ސިޓީފަދަ ތަންތަނުގައި އިންޑިޔާ ސިފައިން އެބަތިބި ކަމަށް ސަލީމް ވިދާޅުވިއެވެ.
"ރާއްޖޭގެ ބޮޑެތި ސަރަހައްދުތައް މިވަނީ އިންޑިޔާ ސިފައިންގެ ބާރުގެ ދަށުގައި. ކުރިން ސަރުކާރުން ބުނަމުންއައީ އިންޑިއާ ސިފައިން ރާއްޖޭގައި ނެތޭ، ފަހުން ބުނީ ސިފައިން އެބަތިއްބޭ އެކަމަކު ހަތިޔާރެއް ނެތޭ." ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ މިއީ ސަރުކާރަކުން ދައްކާޒާތުގެ ވާހަކަތަކެއްނޫން ކަމަށެވެ. އަދި މިއަށްވުރެ ހަރުދަނާގޮތެއްގައި ޒިންމާދާރުގޮތެއްގައި ރައްޔިތުންނަށް މިކަންކަން ސާފުކޮށްދިނުމަށް ސަރުކާރަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
ސަލީމް ވިދާޅުވީ އުތުރުތިލަފަޅުގެ އެގްރިމެންޓާއި ހައިޑްރޮގްރަފީ އެގްރިމެންޓަކީ އިންތިހާއަށް ދިވެހިންގެ ކަންބޮޑުވުން ހުރި އެއްބަސްވުންތައް ކަމަށެވެ. އުތުރުތިލަފަޅު ހިންގުމުގެ ބާރު އޮތީ އިންޑިޔާއަށް ކަމަށާއި ދިވެހި ސަރުކާރުން އިންޑިޔާ ސަރުކާރާއެކު ހަދާފައިވާ ގޮތްނޭނގޭ، އެކިއެކި އެގްރިމެންޓްތަކުގެ ދަށުން އެކި ނަންނަމުގައި އިންޑިޔާ ސިފައިން މިޤައުމުގައި ތިބެގެން ދިވެހިރާއްޖެއަކީ ޖާސޫސްކުރުމަށް ބޭނުންކުރާ ހަބަކަށްވުމުގެ ފުރުޞަތު ބޮޑު ކަމަށް އިދިކޮޅުން ވަނީ ތުހުމަތު ކޮށްފައެވެ.
އޭގެ އިތުރުން ދިވެހި ކަނޑުތަކުގެ ހުރިހާ މަޢުލޫމާތެއް އެއްކުރަން އިންޑިޔާއަށް ދީފައި ވަނީ ދިވެހި ރައްޔިތުންނަށް އެކަމުގެ ގެއްލުން ލިބޭގޮތަށްކަމަށްވެސް ސަލީމް މިއަދު ވިދާޅުވިއެވެ.
"ހައިޑްރޮގްރަފީ އެގްރިމެންޓްގެ ދަށުން އެއްކުރެވޭ ހުރިހާ މަޢުލޫމާތެއްގެ ހުރިހާ ބާރެއް އޮތީ އިންޑިޔާއަށް. ދިވެހިރާއްޖެއިން މިޖެހެނީ ފައިސާ ދީފައި އެ މަޢުލޫމާތު ގަންނަން. ރާއްޖޭގެ ކަނޑުތަކުގެ ޗާޓުތައް ވިއްކައިގެން ލިބޭ ފައިދާގެ 75 އިންސައްތަ ލިބެނީ ރާއްޖެއަކަށް ނޫން، އިންޑިއާއަށް." ސަލީމް ވިދާޅުވިއެވެ.
ސަލީމް މިއަދު ވިދާޅުވީ އެގްރިމަންޓްތަކުގައި ރާއްޖޭގެ މަސްލަހަތަށްވުރެބޮޑަށް އިންޑިއާގެ މަސްލަހަތު ޙިމާޔަތްކޮށްފައިވާއިރު، ސަރުކާރާއި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން އެކަން ދިފާޢު ކުރުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ މުއްސަނދިކަން ބޭރުގެ ޤައުމަކުން ދަމައިގަންނަން ފުރުޞަތު ދިނުމަކީ ދިވެހި ރައްޔިތުން ބަލައިގަންނަ ކަމެއް ނޫންކަމަށް ސަލީމް ވިދާޅުވިއެވެ.
ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގެ ދަށުން، ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ރިޔާސީ ބަޔާނަށް ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 32 ވަނަ މާއްދާގެ (ށ)ގެ ދަށުން ޖަވާބު ދިނުމަކީ މަޖިލީހުން މައިނޯރިޓީ ޕާޓީން އަދާކުރަންޖެހޭ ޤާނޫނީ ޒިންމާއެކެވެ.

ކިޔުންތެރިންގެ ހިޔާލު