އެމްޑީޕީއަށް ލިބޭ ފައިސާއިން ޚަރަދުކުރަންވީ މާލޭ އޮފީހަށް އެކަނިތޯއޭ ވިދާޅުވެ އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް އެމްޑީޕީ މާލޭ ދާއިރާގެ ރައީސް ޝިފާއަށް ސުވާލެއް އަމާޒުކުރަށްވައިފިއެވެ.
ރޮޒޭނާ މިމޭރުމުން ޝިފާއަށް ސުވާލެއް ކުރަށްވާފައިވަނީ އެމްޑީޕީގެ އަސާސީ ޤަވާއިދުގައި ދާއިރާތައް ހިންގުމަށް ހަމަޖެހިފައިވަނީ މަރުކަޒީކޮށް ނޫން ކަމަށާއި އެއީ އެދާއިރާއެއްގެ ޤައުމީ މަޖިލީހުގެ މެންބަރާއި ދާއިރާގެ ހިންގާ ކޮމިޓީން ކުރާ ކަމެއް ކަމަށް ޝިފާ ވިދާޅުވުމާ ގުޅިގެންނެވެ.
"މި ޕާޓީގެ ނިޒާމްތައް އޮތްގޮތްވެސް ސާފެއް ނުވޭ. މައި އޮފީހުން ކުރާކަމެއް ނޫން." ޝިފާ ވިދާޅުފައިވެއެވެ.
ޝިފާއަށް ރައްދު ދެއްވަމުން ރޮޒޭނާ ވަނީ ޕާޓީއަށް ލިބޭ ފައިސާއިން ހިންގަންވީ ހަމައެކަނި މާލޭ އޮފީސްތޯ ސުވާލުކުރަށްވާފައެވެ. އަދި ރަށްރަށުގެ ގޮފިތައް ހިންގަންވީ މެންބަރުންގެ ޖީބުންތޯވެސް ރޮޒޭނާ ސުވާލު އުފެއްދެވިއެވެ. އޭގެ އިތުރުން ރަށްރަށުގެ މެންބަރުން މިހާރު އެގޮތް ބޭނުންނުވާ ކަމަށް ރޮޒޭނާ ވިދާޅުވިއެވެ.
"ތި ނިޒާމް ބޭނުމެއް ނޫނޭ ރަށްރަށުން އެބުނަނީ. ކަމަނާ މާލޭގަ ތިހެން އިންނަވައިގެން ނިޒާމް ދުވަހަކުވެސް ސާފެއް ނުވާނެ." ޝިފާއަށް ރައްދު ދެއްވަމުން ރޮޒޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ރޭ ރޮޒޭނާ ވިދާޅުވީ ރަށްރަށުގެ ގޮފިތައް ނުހިނގާ ކަމަށެވެ. އަދި އެމްޑީޕީ މެންބަރުން ޙަރަކާތްތައް ހިންގަނީ އަމިއްލަ ޖީބުންކަމަށް ރޮޒޭނާ ރޭވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު