ކޮމަންވެލްތުން ޤައުމުތަކަށް އެހީވާނީ ދީނީ މިނިވަންކަން ދޭނެކަމަށް ބުނުމުން ކަމަށް ރައީސް ޔާމީނުގެ ރަނިންމޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރައްކާތެރިކަމާއެކު ބޭރުގެ ދަތުރުތައް އަލުން ފެށުމަށް ކޮމަންވެލްތުގެ އެހީތެރިކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ގޮވާލައްވާފައިވާތީ އެކަމަށް ރައްދު ދެއްވަމުން ޑރ. ޝަހީމް ވިދާޅުވީ، ރާއްޖެއަށް ހެޔޮހިތުން އެހީ ވުމަށް ކޮމަންވެލްތުން ނާންނާނެ ކަމަށެވެ.

"ތިހެން އެހީވާށޭ، އަންނާށޭ ބުންޏަސް ކޮމަންވެލްތަކުން ނާންނާނެ. މިހާރުވެސް ބުނެބަލަ މި އަންނަ އަހަރުން ފެށިގެން ރާއްޖެއިން އިސްލާމް ދީނާއި ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރަން ފަށާނެ ވާހަކަ." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ، އިސްލާމްދީނާއި، ރައްޔިތުން އެދޭގޮތަށް ކަމެއް ކުރަން ފަށާނެ ވާހަކަ ބުނެފިނަމަ ޖެހިގެން އަންނަ ދުވަހު ކޮމަންވެލްތުގެ މަންދޫބު ހުންނާނީ ރާއްޖޭގައި ކަމަށެވެ. އަދި އެކަން އެގޮތަށް ކުރަން ނިންމި ސަބަބު އަވަހަށް ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ކޮމްނަ ވެލްތުން ރާއްޖެ ވަކިވީ ރައީސް ޔާމިންގެ ވެރިކަމުގައެވެ. އެޖަމާއަތުން ރާއްޖެ ވަކިވީ އެޖަމާއަތުގެ މާބޮޑު ފައިދާއެއް ރާއްޖެއަށް ކުރަމުންނުދާއިރު ރާއްޖޭގެ އެތެރޭގެ ސިޔާސީ އަދި ދާޚިލީ ކަންކަމާއި އެޖަމިއްޔާއިން ސީދާ ބެހެމުންދާތީ ކަމަށް ބުނެއެވެ. އިނގިރޭސިން އިސްނަގައިގެން އުފައްދާފައިވާ ކޮމަންވެލްތަކީ ބައެއް ކަހަލަ ގާނޫނީ ލަފަޔާއި އިރުޝާދާއި ތަޖުރިބާ ހިއްސާކުރުން ފިޔަވައި މާބޮޑު އެހީތަކެއް މެންބަރު ގައުމުތަކަށް ވަމުންދާ ޖަމިއްޔާއެއް ނޫންކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

ކޯވިޑް-19ގެ ސަބަބުން ފަތުރުވެރިކަމަށާއިި އިގުތިސޯދަށް ކުރާ އަސަރާ ގުޅޭ ގޮތުން ކޮމަންވެލްތުގެ މެމްބަރު ގައުމުތަކުގެ އިސް ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވަނީ ފަތުރުވެރިކަން އަލުން ފަށައިގަތުމުގައި ގޮންޖެހުންތައް ހުރިކަން ފާހަގަކުރައްވައި އެކަމުގައި ކޮމަންވެލްތުގެ އެހީއަށް އެދިވަޑައިގެންފައެވެ. ހަމައެހެންމެ ދޭދޭ ގައުމުތަކުގެ މެދުގައި ދަތުރުފަތުރުތައް ފެށުމުގެ އުސޫލުތައް އެކުވަލާލުމަށްވެސް މިނިސްޓަރ އަލީ ވަޙީދު ވަނީ އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު


4

އަސްމާ އަލީ

29-May-2020

ޝަހީމު ގެ ބޭނުމަކީ ދީނީ ކާޑު ކުޅުން


10

ޙަސަން ޤާސިމް

29-May-2020

މިރޯދަމަސް މިދިޔައީ ދިމާކޮށްލާނެ މީހަކު ނުލިބި. ޢެންމެފަހުން އަލީވަހީދާ ދިމަކޮށްލެވޭތޯ އެއުޅެނީ.



ފަހުގެ ލިޔުންތައް

ޓްރެންޑިން