ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު
ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު
ފެންނަނީ ބޮޑުތަނުން އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބު އިޤްތިޞާދީ ވަޒީރު އަލްއުސްތާޛު ފައްޔާޒު އިސްމާޢީލް ކާމިޔާބުކުރަށްވާތަން ކަމަށް ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގެ ފޯރިގަދަވެފައިވާ މިދަނޑިވަޅުގައި މެންބަރު ނިހާދު ވިދާޅުވީ އަދި ފެންނަނީ ބޮޑުތަނުން ފައްޔާޒް އިންތިޚާބު ކުރަށްވާ މަންޒަރުކަމަށެވެ. އޭގެ އިތުރުން އެމަންޒަރު ވަރަށް ސާފުކޮށް ފެންނަމުންދާކަން ފާހަގަ ކުރަށްވަމުން ނިހާދު ވިދާޅުވީ ގޮތް ނިންމާނީ ރައްޔިތުންކަމަށެވެ.

"ވޯޓުން ބަލިވުމާ މޮޅުވުމަކީ ވޯޓުލާ ރައްޔިތުންގެ އަތްމަތީގައި އޮތް ކަމެއް." ނިހާދު ވިދާޅުވިއެވެ.



އިންތިޚާބުގައި ވާދަކުރަށްވާ ވަޒީރު ފައްޔާޒުގެ ޓީމަށް އެކިފަރާތްތަކުން ކުރަމުންދާ ތުހުމަތުތަކަށްވެސް ނިހާދު ވަނީ ރައްދު ދެއްވާފައެވެ. ނިހާދު ވިދާޅުވީ ސާބިތުނުހިފޭ ވާހަކަތައް އިންތިޚާބާދިމާކޮށް ދައްކާނަމަ އެކަންކަމަށް ރައްދު ދެއްވާނެ ކަމަށެވެ. އަދި އެހެން މީހުންނަށް ވަގަށްގޮވަނީ އެއަށްވުރެ ބޮޑެތި ވަގުންކަމަށް ނިހާދު ތުހުމަތު ކުރެއްވިއެވެ.

"މަހާވަގުން ނިކުމެ އެހެންމީހުންނަށް ވަގަށް ގޮވީމާ ބަސް ނުބުނެ ނުތިބެވޭނެ." ނިހާދު ވިދާޅުވެފައިވެއެވެ.



އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރަށްވަނީ އިޤްތިޞާދީ ވަޒީރު އަލްއުސްތާޛު ފައްޔާޒު އިސްމާއީލާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛު އިމްތިޔާޒު ފަހުމީ އެވެ. އެމްޑީޕީގެ ޗެއާޕަސަން އިންތިޚާބު ރޯދަމަހާއި ދިމާވާތީ އެމްޑީޕީގެ ޤައުމީ މަޖިލީހުން މިހާރު ނިންމާފައިވަނީ މެއި 14 ގައި އިންތިހާބު ބޭއްވުމަށެވެ.



ކިޔުންތެރިންގެ ހިޔާލު


-10

ނާޒިމް

18-Mar-2022

ރަޔިތުން އަށް އިންގޭނެ މިވަނީ ކީއްކަން އަދި ވޯޓުދޭންވިމީހާވެސް ދުނިޔޭގާ ތިބި ބަޔަކައް ފެއްނާނެ ވާގޮއި