ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ
ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ
ދީނީ ވާހަކަ ދެއްކުމުގައި އިޚްލާސްތެރިވުމަށާއި މިހާރު ދީނީ ވާހަކަ ތިޔަ ދައްކަވަނީ ރައްޔިތުންނާއި ގައުމަށް ހެޔޮއެދިގެންތޯ ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ، ޑރ ޖަމީލާ ބޮޑު ސުވާލެއް ކުރިމަތިކުރައްވައިފިއެވެ.

ލޮކްޑައުންގައި ރައްޔިތުންގެ މަޖިލިސް ބޭއްވޭނަމަ މިސްކިތްތައްވެސް މިހާރުން މިހާރަށް ހުޅުވާލުމަށް ގޮވާލާ ޑރ. ޖަމީލް ކުރައްވާފައިވާ ޓްވީޓަކަށް ރައްދު ދެއްވަމުން ބްރިގޭޑިއަރ ޖެނެރަލް ޑީޑީ ވިދާޅުވީ، ދީނީ ވާހަކަ ދައްކަން ޖެހޭނީ އިޚްލާސްތެރިކަމާ އެކުގައި ކަމަށާއި، ސިޔާސީ މަންފާ ހާސިލް ކުރުމަށް ދީން ބޭނުން ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

"ތިޔައީ ރައްޔިތުންނާ ޤައުމަށް ހެޔޮ އެދިގެން ދައްކާ ވާހަކައެއްތޯ؟ ނުވަތަ މުޅި ރާއްޖެއަށް ބަލި ފެތުރި ރައްޔިތުން ނުރައްކަލަށް ހުށައެޅި ޤައުމު ސުންނާފަތިވުން އެދިވަޑައިގެން ސިޔާސީ ގޮތުން ދައްކަވާ ވާހަކަފުޅެއް ނޫންތޯ؟ ރައްޔިތުންނަށް މިކަން ވަރަށް ސާފު!" ބްރިގޭޑިއަރ ޖެނެރަލް ޑީޑީ ވިދާޅުވިއެވެ.

މީގެ އިތުރުން ޑީޑީ ވަނީ ޑރ. ޖަމީލް ސިޔާސީވެ ވަޑައިގެންނެވި ނަމަވެސް މިހާރު ތީ ބޮޑުވަރުކަމަށް ވިދާޅުވެ ޑރ. ޖަމީލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ 87 މެމްބަރުން މަޖިލީހުގެ ޗެމްބަރުގައި ރައީސް ނަޝީދަށް ކޮންޓްރޯލް ކުރެއްވެވުނަސް، އެތައްހާސް ރައްޔިތުން ދުވާލަކު ފަސްފަހަރު މިސްކިތްތަކުގައި ކޮންޓްރޯލް ކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި ކޯވިޑް-19 ކޮންޓްރޯލްވެފައި ނުވާކަން ފާހަގަކުރަށްވާ ބްރިގޭޑިއަރ ދީދީ ވަނީ، ދީނީ ވާހަކަ ދެއްކެވުމުގައި މިހާރަށްވުރެ ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު ބުއްދީގެ ހަމަތަކުން ވާހަކަ ދެއްކެވުމަށް ޑރ. ޖަމީލަށް ނަސޭޙަތްތެރިވެ ވަޑައިގެންފައެވެ. އަދި ދީނީ ކަންތައްތަކާއި، ސިޔާސީ ކަންތައްތައް މަސްހުނި ނުކުރުމަށް އިރުޝާދު ދެއްވަމުން ބްރިގޭޑިއަރ ދީދީ ވަނީ އެމީހެއްގެ ހިތުގައި ވަންހަނާ ވެފައިވާ މަޤްޞަދުތައްވެސް ﷲ މޮޅަށް ދެނެވޮޑިގެންވާކަން ޑރ. ޖަމީލަށް ހަނދުމަކޮށްދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު


6

އަހްމަދު

29-May-2020

ޔާމިނުގެ އަނިޔާވެރިކަމުގައި , ލަންކާ އެއަރޕޯޓް އިން ފިލީ ކާކު ޖަމީލު


15

ޢަހްމަދު

29-May-2020

ޖަމީލަކީ ސިޔާސީ ފިރިހެން ކައްލަބައެއް


-2

ނުހުއްޓާނެ

29-May-2020

ބުރީގެ ޑިޔާ إبراهيم ديدي ޑޮކްޓަރައް جميلއައް ކުރިމަތިކުރެއްވެއްވި سؤال އަކީ އެއްވެސް ބަރުދަނެއް ހުރި سوال އެއް ނޫން މިސްކިތް ބަންދު ކޮށްގެން އުޅެނީ ނުލަފާކަމާއިޖާހިލު ކަމުންނެވެ إبراهيم ديري އައް ވުރެން ޑޮކްޓަރު جميل اسلام دين حضارة ހުންނެވި މާބޮޑަށް ވެސް ކުރީގައި ސުވާލު ކުރެވޭ ނޭ ފެންވަރެއް ނުހުންނާނެ


7

ހާޝިމް

28-May-2020

މިހާލަތުގަ މިސްކިތްތައް ހުޅުވައި ގިނަބަޔަކު އެއްވެ ޖަމާވާން ހިތްވަރެއް ނުދޭނެ ރައްޔަތުންނަށް ހެވެއް އެދިގެނެއް ސިޔާސީ ކުރީމަ ޖަމިލް މެން ސެއިހް ޝަހީމް މެންގެ އަގު ވެއްޔާމޮޑެވިގެން ދިޔުން ނޫން ކަމެއް ނުވާނެ


-15

ޙަސަނު

28-May-2020

ދީދީގެ ވާހަކަފުޅަށް ވަރަށް ބޮޑަށް ތާއީދު ކުރަން. ޖަމީލު އެ އުޅުއްވާ ގޮތް ޖަމީލަށްވެސް ނޭނގޭކަހަލަހެން މީހުނަށް ހީކުރެވޭފަދަ ލިޔުންތަށް ލިޔުއްވަމުން އެބަދޭ. ބަނޑުހައިވީމަ ކޮންމެ ކާއެއްޗެއްވެސް ވަރަށް މީރުވާނެ.


22

ހަމީދު

28-May-2020

އިބްރާހީމް ދީދީފަދަ ގަދަރުވެރިބޭފުޅުން ޖަމީލުމެންފަދަ ގޮތްފޮތްނެތް ކިޔެވިއެއްޗެއް ހަދާނުގަނުހުންނަ އެއްދުވަހު ބުނާއެއްޗެއް އަނެއްދުވަހު ދިމާނުވާ މީހުންގެ ވާހަކަތަކާބެހިވަޑައިނުގަތުން ބުއްދިވެރިކަމަށްފެނޭ..


-5

މޮހޮދޭ

28-May-2020

ޑީޑީ ގެ ވާހަކަފުޅު ވަރަށް ރަނގަޅު



ޓްރެންޑިން