ރާއްޖޭގައި ހިންގާ ނޫސް މަޖައްލާތަކުގެ ތެރެއިން ޤަވާއިދުން ނެރެމުންނުދާ 47 ނޫސްމަޖައްލާއެއް އުވާލައިފިއެވެ.
ދާޚިލީ ވުޒާރާއިން މިއަދު ޢާއްމުކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ނޫސް މަޖައްލާ ފަދަ ތަކެތީގެ ޤާނޫނުގެ ދަށުން 2019 ވަނަ އަހަރުގެ ނިޔަލަށް އެ ވުޒާރާގައި ރަޖިސްޓްރީކޮށްފައިވާ ނޫސް މަޖަލައްލާތަކާއި، އޮންލައިން ނޫސްތަކުގެ ތެރެއިން ގަވާއިދުން ނެރެމުން ނުގެންދާ ނޫސްމަަޖައްލާތައް މިއަދު އުވާލާފައިވާ ކަމަށެވެ.
ދާޚިލީ ވުޒާރާއިން ވަނީ ރަޖިސްޓްރީކޮށްފައިވާ ނޫސް މަޖައްލާ އަދި އޮންލައިން ނޫސްތަކުގެ ތެރެއިން ގަވާއިދުން ޝާއިއުކުރަމުން ނުދާތީ އުވާލާފައިވާ ނޫސްތަކުގެ ލިސްޓެއް ޢާންމުކޮށްފައެވެ. އެ ލިސްޓްގައި 24 އޮންލައިން ނޫހަކާއި، 18 މަޖައްލާ އަކާއި، ދެ އޮންލައިން މެގަޒިން އަކާއި، ނޫހެެއްގެ އިތުރުން ޖާނަލެއް ހިމެނެއެވެ.
މިދިޔަ މަހު ދާޚިލީ ވުޒާރާއިން އުވާލަން ކަނޑައެޅި ލިސްޓްގައި 52 ނޫސް މަޖައްލާ ހިމެނެއެވެ.

ގަވާއިދުން ނެރެމުން ނުގެންދާ ނޫސްމަޖައްލާ ފަދަތަކެތި އުވާލުންhttps://t.co/b7FyKWIKD8
— Home Ministry, MV (@HomeMinistrymv) March 10, 2022
ދާޚިލީ ވުޒާރާއިން ވަނީ ރަޖިސްޓްރީކޮށްފައިވާ ނޫސް މަޖައްލާ އަދި އޮންލައިން ނޫސްތަކުގެ ތެރެއިން ގަވާއިދުން ޝާއިއުކުރަމުން ނުދާތީ އުވާލާފައިވާ ނޫސްތަކުގެ ލިސްޓެއް ޢާންމުކޮށްފައެވެ. އެ ލިސްޓްގައި 24 އޮންލައިން ނޫހަކާއި، 18 މަޖައްލާ އަކާއި، ދެ އޮންލައިން މެގަޒިން އަކާއި، ނޫހެެއްގެ އިތުރުން ޖާނަލެއް ހިމެނެއެވެ.
މިދިޔަ މަހު ދާޚިލީ ވުޒާރާއިން އުވާލަން ކަނޑައެޅި ލިސްޓްގައި 52 ނޫސް މަޖައްލާ ހިމެނެއެވެ.
ކިޔުންތެރިންގެ ހިޔާލު