މިއަދުވެސް ރާއްޖޭގައި ތެލުގެ އަގުހުރީ 2013 ވަނަ އަހަރު ތެލުގެ އަގު ހުރިވަރަށްވުރެ ހެޔޮކޮށް ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.
އެމްޑީ އަމްރު މިމޭރުމުން ވިދާޅުވީ ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު އުފެލުމުންދާތީ ކަމަށްބުނެ ޓެކްސީ ދަތުރު ކޮށްދޭ އަގުބޮޑުކުރަން ސެންޓަރުތަކުން ނިންމައި އެކަން ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށައަޅައި އެކަމަށް ހުއްދަ ނުދީގެން ޓެކްސީ ޑްރައިވަރުން ހަޅުތާލުކުރަމުން ދަނިކޮށެވެ.
އަމްރު ވިދާޅުވީ ތެލުގެ އަގު ބޮޑުކަމުގެ ޝަކުވާ ޑްރައިވަރުން ކުރި ނަމަވެސް މިއަދުވެސް ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގުހުރީ 2013 ވަނަ އަހަރު ތެލުގެ އަގު ހުރިވަރަށްވުރެ 2 ރުފިޔާ ހެޔޮކޮށް ކަމަށެވެ.
އަމްރު ވިދާޅުވެފައިވަނީ 10 މާޗް 2013ގައި ރާއްޖޭގެ ބާޒާރުގައި ޕެޓްރޯލް ލީޓަރެއްގެ އަގު ހުރީ 16.80ރ. އަށް ކަމަށެވެ. އެހެންނަމަވެސް އޭރު އިންޓަނޭޝަން މާރކެޓްގައި މިހާރަށް ވުރެ ތެލުގެ އަގު ހެޔޮ ކަމަށް އަމްރު ވިދާޅުވިއެވެ.
"10 މާޗް 2022 - ޕެޓްރޯލްގެ އަގު 14.60ރ. އިންޓަނޭޝަން މާރކެޓްގަ ތެލުގެ އަގު ދުވަހަކުވެސް ބޮޑު ނުވާވަރަށް ދަނީ ބޮޑުވަމުން." އަމްރު ވިދާޅުވެފައިވެއެވެ.
ޓެކްސީ ޑްރައިވަރުން ވަނީ ތެލުގެ އަގު ބޮޑުވެފައިވާކަމަށް ބުނެ ދަތުރުތައް ކޮށްދޭ އަގުތައް ސަރުކާރުން މުރާޖައާ ކޮށްދިނުމަށް އެދިފައެވެ. އަދި އެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ޖަވާބެއް ނުދިނުމުން ފަސޭހައިން ޓެކްސީ ހޯދަން ހަދާފައިވާ މޮބައިލް އެޕްލިކޭޝަންތައް ޑައުންކޮށް، ސެންޓަރުތައް އިއްޔެ ވަނީ ބަންދުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު