އިދިކޮޅު ޕީއެންސީގެ ނައިބު ލީޑަރ ޢާދަމް ޝަރީފް ޢުމަރު
އިދިކޮޅު ޕީއެންސީގެ ނައިބު ލީޑަރ ޢާދަމް ޝަރީފް ޢުމަރު
ރައްޔިތުންނަށް ދަތިނުވާގޮތަށް ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައި ދެއްވުމަށް އިދިކޮޅު ޕީއެންސީގެ ނައިބު ލީޑަރ ޢާދަމް ޝަރީފް ޢުމަރު ސަރުކާރަށް ގޮވާލައްވައިފިއެވެ.

ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ކަމަށްބުނެ ޓެކްސީކުރާ އަގުތަކަށް ބަދަލުގެނައުމަށް ޑިމާންޑްކޮށް ޓެކްސީ ޑްރައިވަރުން މިހާރު ކުރަމުންގެންދާ އިޙްތިޖާޖުގައި ރޭވަނީ ހުޅުމާލެ ބްރިޖަށް ދަތުރުކުރުމަށް އޮންނަ މަގު ބްލޮކްކޮށްފައެވެ. އެކަމާ ގުޅިގެން ރައްޔިތުންނަށް ދަތުރުކުރުމުގައި ދަތިތައް ކުރިމަތިވެ އެންމެ ފަހުން މައްސަލަ ޙައްލުކޮށްފައި ވަނީ ފުލުހުން މެދުވެރިވެގެންނެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރުކަންވެސް ކުރަށްވާ އާދަމް ޝަރީފް ވިދާޅުވީ ޓެކްސީ ޑްރައިވަރުންގެ އަޑުއަހައި އެމީހުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދޭން ޖެހޭކަމަށެވެ. އޭގެ ބަދަލުގައި ޑްރައިވަރުންގެ އިޙްތިޖާޖަށް ހުރަސްއެޅުމަކީ ވަރަށް ފިނޑިކަމެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ރައްޔިތުންގެ ޖީބަށް ބާރުބޮޑު ނުވާނެ ގޮތަކަށް ޓެކްސީ ޑްރައިވަރުންގެ މައްސަލަތަކަށް ޙައްލު ހޯއްދަވައި ދެއްވުމަށް ގޮވާލަން." އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ.



ޓެކްސީގެ އަގުތަކުގެ މައްސަލާގައި ޓްރާންސްޕޯޓު މިނިސްޓްރީން އެދިގެން ޓެކްސީ ޚިދުމަތްދޭ ފަރާތްތަކުން ވަނީ މިނިސްޓްރީއާއެކު ބައްދަލުވުމެއް ބާއްވާފައެވެ. އެހެން ނަމަވެސް އަގުތަކާބެހޭ ސީދާ ޖަވާބެއް ނުލިބޭ ކަމަށް ޓެކްސީ ސެންޓަރުތަކުން ވަނީ ހާމަކޮށްފައެވެ.

އެ ބައްދަލުވުމުގައި، ޓެކްސީ ސެންޓަރުތަކުގެ ކަންބޮޑުވުންތައް ޓްރާންސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަހުލާއާ ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ޓެކްސީ ސެންޓަރުތަކުގެ ހުރި އެކި ކަންބޮޑުވުންތައް ހިމެނޭ 11 ނުކުތާއެއް މިނިސްޓްރީއަށް ވަނީ ހުށަައަޅާފައެެވެ.



ކިޔުންތެރިންގެ ހިޔާލު