ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައީސް ޔާމީންގެ އިންޑިއާ އައުޓް ޙަރަކާތަށް ރައްޔިތުންގެ ތާޢީދެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިމޭރުމުން ވިދާޅުވެފައިވާއިރު އިންޑިއާ އައުޓް ހަރަކާތް ހިންގެވުމަށް އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސް ޢަބްދުالله ޔާމީން މިއަދު އދ. މަހިބަދޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން އިންޑިއާ އާއި އިދިކޮޅަށް ހިންގަވާ ޙަރަކާތަކީ ރައްޔިތުންގެ ތާޢީދުނެތް ޙަރަކާތެއް ކަމަށެވެ.

އޭގެ އިތުރުން އިންޑިއާ އައުޓް ޙަރަކާތުގެ ސަބަބުން ދިވެހިންނަށް ލިބޭނީ ގެއްލުންކަމަށް ވިދާޅުވެ އެޙަރަކާތުގައި ބައިވެރިނުވުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

"ޕީޕީއެމްގެ މެންބަރުން ކިބައިން ވަރަށް އިޚްލާސްތެރިކަމާއެކު އަޅުގަނޑު އެދެނީ ޤައުމުތަކާއި އިދިކޮޅު ޙަރަކާތުގައި ބައިވެރިވެ ނުލެއްވުމަށް." ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.



"އިންޑިއާ އައުޓް" ހަރަކާތަކީ ސީދާ އިދިކޮޅު ޕީޕީއެމާއި ޕީއެންސީން އިސްވެ ހިންގާ ހަރަކާތެއް ކަމަށް މީގެ ކުރިން އެދެޕާޓީން އެއްބަސް ވެފައި ނުވި ނަމަވެސް އިދިކޮޅު ލީޑަރު ރައީސް ޔާމީން ޖަލު ހުކުމުން މިނިވަން ވެވަޑައިގެން ފުރަތަމަ ބޭއްވި ބޮޑު ސިޔާސީ އެއްވުމުގައި އެމަނިކުފާނު ވަނީ، އިންޑިއާ އައުޓް ކެމްޕޭނަކީ ސީދާ އެމަނިކުފާނު އިސްވެ ފެއްޓެވި ހަރަކާތެއް ކަމުގައި ވިދާޅުވެފައެވެ.

އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތް ރަށްރަށުގައި ފުޅާކުރުމުގެ ގޮތުން، ރައީސް ޔާމީން ވަނީ އަތޮޅުތެރޭގެ ރަށްރަށަށް ވަޑައިގެން، އެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންފައެވެ. ހަމަ އެއާއެކު މާލޭގައިވެސް ސިލްސިލާކޮށް އިހުތިޖާޖުތައް ބާއްވައި، އިދިކޮޅުން ދަނީ އިންޑިއާ ސިފައިން މިގައުމުން ބޭރު ކުރުމަށް ގޮވާލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު


5

ބުލްބުލް

18-Mar-2022

އެކަމަށް ބޮޑު ތާއީދު އެބައޮތް. އަދި އެންމެ ބޮޑު ތާއީދެއް މިހާރުވެސް އޮތީ ކެނެރީގޭ ވާނުވާ ޖަލަށް ލާން.