ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ
ކޯވިޑް19 ފެތުރުން ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީ، އެ ލުއިތައް ތަންފީޒުވާނެ ގޮތަށް، ފުރަަބަންދުގެ މުއްދަތު އިތުރު 14 ދުވަހަށް އިތުރުކޮށްފިއެވެ.

ޕަބްލިކް ހެލްތު ޑިރެކްޓަރ ޖެނެރަލް މާލެ ސަރަހައްދުގައި އެންމެ ފަހުން އިއުލާނުކޮށްފައިވާ ފުރަބަންދުގެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާނެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަދު ނެރުނު އެންގުމުގައި ބުނެފައިވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން، މިއަދުން ފެށިގެން 14 ދުވަހުގެ މުއްދަތަށް ލޮކްޑައުުންގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.

މިފަހަރު އިޢުލާން ކުރި ލޮކްޑައުންގެ މުއްދަތުގައި މާލެ، ހުޅުމާލެ، ވިލިމާލޭގައި އެއްގަމު އުޅަނދު ފަހަރު ދުއްވުމާއި މަގުތަކަށް ނުކުތުން މަނާވާނެ ކަމަށާއި، އަދި މާލެ، ހުޅުމާލެ، ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ދިނުން މަނާވުމާއެކު، މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށްޓަށް މީހުން އަރާ ފޭބުން މަނާވާނެ ކަމަށް އެޗްޕީއޭގެ އެންގުމުގައި ބުނެފައިވެއެވެ.

މިފަހަރު ފުރަ ބަަންދުގެ މުއްދަތު އިތުރުކުރި ނަމަވެސް، ގިނަ ލުއިތަކެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެޗްޕީއޭގެ އެންގުމުގައި ވަނީ އެ ލުއިތަށް ހާމަކުރައްވާފައެވެ.

މިފަހަރުގެ ލޮކްޑައުނާއެކު ދީފައިވާ ލުއިތަކަކީ:

- ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުމެ އުޅުމަށް ދެވޭ ހުއްދަތައް އިތުރުކުރުން

- އުމުރުން 60 އަހަރުން މަތީގެ މީހުންނަށް އެހީތެރިޔަކާއެކު ހުއްދަ ލިބިގެން، ފަތިހު 5:00 އާއި ހެނދުނު 8:00 އާދެމެދު ތިން ގަޑިއިރަށް ބޭރަށް ނުކުތުމުގެ އުޅުން

- މީހުން އެއްތަނުން އަނެއް ތަނަށް ގެންދިއުމަށް ޓެކްސީތަކަށް ހުއްދަ ދިނުން އިތުރުކުރުން

- މާލެއާއި ތިލަފުށްޓާ ދެމެދު މުދާ އުފުލުމަށް ދަތުރުކުރުމުގެ ހުއްދަ ދިނުން އިތުރުކުރުން

- ހުއްދަ ލިބިގެން ސިނާއީ މަސައްކަތް ކުރާ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުން އެ މަސައްކަތެއް ކުރުމަށް ކަނޑައެޅިފައިވާ ތަނަށް ދިއުމާއި އެ މީހުން ދިރިއުޅޭ ތަނަށް އެނބުރި ދިއުން

- އިކޮނޮމިކް މިނިސްޓްރީގެ ކަނޑައަޅާ އުސޫލެއްގެ ދަށުން ފިހާރަތަކާއިި އަމިއްލަ އޮފީސްތައް ހުޅުވުން

- ކޮންސްޓްރަކްޝަން މަސައްކަތްތައްް މާލެ ސިޓީ ކައުންސިލާއި ހައުސިން މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން، އެ ފަރާތްތަކަށް ހުއްދަ ލިބިގެން ކުރިއަށް ގެންދިއުން

- ބޭންކުން ކަނޑައަޅާ އުސޫލެއްގެ ދަށުން ބޭންކުތަކުން ދެވޭ ހިދުމަތްތަށް އިތުރުކުރުން

- ސިއްހީ ހިދުމަތާއި އެހެނިހެން އާންމު ހިދުމަތްތައް ދިނުން އިތުރުކުރުން

އެޗްޕީއޭއިން ބުނީ ލޮކްޑައުންގެ ފިޔަވަޅުތަކުން އިސްތިސްނާ ވާނީ ސިފައިންނާއި ފުލުހުންނާއި، ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި މުވައްޒަފުންގެ ދުއްވާ އުޅަނދުފަހަރާއި އެމްބިއުލެންސް އަދި އެންއީއޯސީގެ ހާއްސަ ހުއްދަ އޮންނަ ފަރާތްތައް އެކަނި ކަމަށެވެ. ކޯވިޑް-19އާއި ގުޅިގެން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އަންނަ ޖޫން މަހުގެ 29 ވަނަ ދުވަހަށް ހެލްތު މިނިސްޓްރީ އިން ރޭ ވަނީ ދިގު ދަންމާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން