ފޮރެކްސް ޓްރޭޑިނަކީ ރާއްޖޭގައި ހުއްދަ، ޖާއިޒު ވިޔަފާރިއެއް ކަމަށް ސިވިލް ކޯޓުގެ ކުރީގެ ޤާޟީ މުހައްމަދު ހަލީމް ވިދާޅުވެއްޖެއެވެ.
ޤާޟީ ޙަލީމް މިމޭރުމުން ވިދާޅުވެފައިވަނީ، ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ގެ "ކިންގްސް ފޮރެކްސް ޓްރޭޑުން" ސްކޭމެއް ހިންގާކަމުގެ ތުހުމަތު ރާއްޖޭގެ މާލީ އިދާރާތަކުން ކޮށްފައިވާކަމަށް އަލްހާންވެސް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. އަލްހާން ވިދާޅުވީ ރާއްޖޭގައި ބޮޑު ފްރައުޑެއް ހިންގާކަމަށް ބުނެ ބޭންކް އޮފް މޯލްޑިވްސް އިން ފްރީޒްކުރީ އޭނާގެ ކުންފުނީގެ އެކައުންޓް ކަމަށެވެ. އަދި އެ މައްސަލާގައި ބޭންކާއި ދެކޮޅަށް ދަޢުވާކުރާނެ ކަމަށްވެސް އަލްހާން ވަނީ ވިދާޅުވެފައެވެ.
މި މައްސަލާގައި ޤާޟީ ޙަލީމް ވިދާޅުވީ މަނާކުރާ ނައްސެއް ނެތްނަމަ މަދަނީ މުއާމަލާތުގެ އަސްލަކީ ހުއްދަވުން ކަމަށެވެ. އޭގެ އިތުރުން ފޮރެކްސް ޓްރޭޑިނަކީ ރާއްޖޭގައި ހުއްދަ، ޖާއިޒު ވިޔަފާރިއެއް ކަމަށްވެސް ޤާޟީ ޙަލީމް ވިދާޅުވިއެވެ.
"ކިންގްސް ފޮރެކްސް ޓްރޭޑްގެ އެކައުންޓުތައް ބޭންކް އޮފް މޯލްޑިވްސުން ފުރީޒް ކުރުން ޝަރުއީ؛ ގާނޫނީ ހަމަތަކާ ޚިލާފު. ގެއްލުމުގެ ބަދަލުދޭންޖެހޭނެ." މަރުކަޒީ ބޭންކް އެމްއެމްއޭ ޓެގް ކުރަށްވައި ކުރެއްވި ޓްވީޓެއްގައި ކުރީގެ ޤާޟީ ޙަލީމް ވިދާޅުވިއެވެ.
މި މައްސަލާގައި އަލްހާން ވިދާޅުވީ ދިވެހި ދައުލަތުގެ މާލީ ނިޒާާމާއި ބޭންކިންގ ސިސްޓަމް އިސްލާޙު ކުރަންޖެހޭ ކަމަށެވެ. އަދި ޒަމާނީ ވިޔަފާރިއަށް ޖާގަ ދިނުމަށް އަލްހާން ކުރެއްވި ޓްވީޓެއްގައި ވަނީ ގޮވާލައްވާފައެވެ.
ދާދިފަހުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ ހިންގާ ސްކީމްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. މަރުކަޒީ ބޭންކުން ބުނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ހޯދުމަށްޓަކައި، ފޭސް ބުކާއި ޓެލެގްރާމް ފަދަ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ސްކީމެއްގެ މަޢުލޫމާތު އެ އޮތޯރިޓީއަށް ލިިބިފައިވާކަމަށެވެ.
އެމްއެމްއޭއިން ބުނީ ސްކީމްތައް ހިންގާ ފަރާތްތަކުން، އާންމުންގެ ކިބައިން ނަގާ ފައިސާއިން އެ ފަރާތްތަކަށް އިންވެސްޓްކޮށްދިނުމުގެ ބަދަލުގައި، އެ ފައިސާ ބޭނުން ކުރަނީ އަމިއްލަ ބޭނުމަށް ކަމަށެވެ. އަދި ކުރީކޮޅުގައި ބައިވެރިވާ ފަރާތްތަކަށް ފައިސާ ދެނީ އޭގެ ފަހުން ބައިވެރިވާ ފަރާތްތަކުގެ ފައިސާއިންކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.
އެމްއެމްއޭގެ އިތުރުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީންވެސް ވަނީ ކުންފުނިތަކުގައި އިންވެސްޓް ކުރުމުގެ ކުރިން އެއީ ހުއްދަ އޮތް ފަރާތެއްކަން ކަށަވަރު ކުރުމަށް އިލްތިމާސްކޮށްފައެވެ.

މަނާކުރާ ނައްސެއް ނެތއްޔާ މަދަނީ މުއާމަލާތުގެ އަސްލަކީ ހުއްދަވުން؛ ފޮރެކުސް ޓުރޭޑިނަކީ ރާއްޖޭގައި ހުއްދަ، ޖާއިޒު ވިޔަފާރިއެއް. @KingsForexTrade ގެ އެކައުންޓުތައް @bankofmaldives އިން ފުރީޒުކުރުން ޝަރުއީ؛ ގާނޫނީ ހަމަތަކާ ހިލާފު. ގެއްލުމުގެ ބަދަލުދޭންޖެހޭނެ🇲🇻❤️@MMA_Maldives
— Mohamed Haleem (@haleembai) March 11, 2022
މި މައްސަލާގައި އަލްހާން ވިދާޅުވީ ދިވެހި ދައުލަތުގެ މާލީ ނިޒާާމާއި ބޭންކިންގ ސިސްޓަމް އިސްލާޙު ކުރަންޖެހޭ ކަމަށެވެ. އަދި ޒަމާނީ ވިޔަފާރިއަށް ޖާގަ ދިނުމަށް އަލްހާން ކުރެއްވި ޓްވީޓެއްގައި ވަނީ ގޮވާލައްވާފައެވެ.
ދާދިފަހުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ ހިންގާ ސްކީމްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. މަރުކަޒީ ބޭންކުން ބުނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ހޯދުމަށްޓަކައި، ފޭސް ބުކާއި ޓެލެގްރާމް ފަދަ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ސްކީމެއްގެ މަޢުލޫމާތު އެ އޮތޯރިޓީއަށް ލިިބިފައިވާކަމަށެވެ.
އެމްއެމްއޭއިން ބުނީ ސްކީމްތައް ހިންގާ ފަރާތްތަކުން، އާންމުންގެ ކިބައިން ނަގާ ފައިސާއިން އެ ފަރާތްތަކަށް އިންވެސްޓްކޮށްދިނުމުގެ ބަދަލުގައި، އެ ފައިސާ ބޭނުން ކުރަނީ އަމިއްލަ ބޭނުމަށް ކަމަށެވެ. އަދި ކުރީކޮޅުގައި ބައިވެރިވާ ފަރާތްތަކަށް ފައިސާ ދެނީ އޭގެ ފަހުން ބައިވެރިވާ ފަރާތްތަކުގެ ފައިސާއިންކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.
އެމްއެމްއޭގެ އިތުރުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީންވެސް ވަނީ ކުންފުނިތަކުގައި އިންވެސްޓް ކުރުމުގެ ކުރިން އެއީ ހުއްދަ އޮތް ފަރާތެއްކަން ކަށަވަރު ކުރުމަށް އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު