ފުލުހުންގެ އޮފިސަރުންތަކެއް
ފުލުހުންގެ އޮފިސަރުންތަކެއް
ގާބުރިއަކުން ފުލުހަކަށް ޙަމަލާދިން މީހަކު ހައްޔަރުކޮށް އެމީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ނެރެފައިވާ އަމުރުގައި ބުނެފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ގާބުރިއަކުން ފުލުހަކަށް ޙަމަލާދިން 38 އަހަރުގެ މީހަކު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކުރާ ކަމަށެވެ.

ގާބުރިން ޙަމަލާ ދިނުމުގެ ސަބަބުން ފުލުސްމީހާއަށް އަނިޔާވެފައިވާކަން މެޑިކޯ ލީގަލް ރިޕޯޓުން އެނގޭ ކަމަށް އަމުރުގައިވެއެވެ.

އޭނާ ބަންދުކުރަން ކޯޓުން އަމުރުކުރީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި, ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާއާއި, 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން