ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ކޮންމެ މެންބަރަކަށް ގަނޑުވަރެއްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސަ ގޮވާލައްވައިފިއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފާޑުވިދާޅުވަމުން ރީކޯ މޫސަ ވިދާޅުވީ ބޭސްސިޓީއަށް ސަލާންޖެހުން ހުއްޓުވާ ތަޢުލީމް ހިލޭކޮށްދީ ހުރިހާ ޚިދުމަތެއް ފަހިކުރީ ރީކޯ މޫސަމެން މަޖިލީހުގައި ތިއްބަވައިގެން ކަމަށެވެ. އަދި އެއީ މަޖިލީހުގައި ބުރަމަސައްކަތްކޮށްގެން ކުރީގެ މަޖިލީސްތަކުގައި ތިއްބެވި އެމްޑީޕީގެ މެންބަރުން ކުރެއްވި މަސައްކަތް ކަމަށް މޫސަ ވިދާޅުވިއެވެ.
މިއަދު މަޖިލީހުގައި ތިއްބެވި ބޭފުޅުން އެޙައްޤުތައް ހޯދައިދިންކަމަށް ދަޢުވާ ކުރުމަށްފަހު މަސައްކަތް ކުރަމުން ދަނީ ޙައްޤުތައް އުނިކުރުމަށް ކަމަށް މޫސަ ވިދާޅުވިއެވެ.
"އެޖެންޑާ19 ތަފާތުވާނެ. މިހާރުގެ ކޮންމެ މެމްބަރަކަށް ގަނޑުވަރެއްދީ." މިހާރުގެ މެންބަރުންނަށް މަލާމާތް ކުރަށްވަމުން ރީކޯ މޫސަ ވިދާޅުވެފައިވެއެވެ.
އޭގެއިތުރުން މޫސަ ވިދާޅުވީ މެމްބަރުކަމުގައި ތިބޭއިރު އަނބިމީހާއާއި ފިރިމީހާ ބޭސްކުރަން ދޭއިނާޔަތެއް މެންބަރުކަމުގެ ދައުރު ހަމަވުމުން ކަނޑާލާނަމަ ދެމަފިރިންނަށް އެއްކޮށް އެއިނާޔަތް ކަނޑާލަންވާނެ ކަމަށެވެ.
މޫސަ މިފަދަ މޭރުމަކުން މިހާރުގެ މަޖިލިސް މެންބަރުންނަށް މަލާމާތް ކުރަށްވައި ވާހަކަދެއްކެވި އަސްލު ސަބަބެއް ނޭނގެއެވެ.

ބޭސްސިޓީއަށްސަލާންޖެހުން ހުއްޓުވާ ތައްލީމްހިލޭކޮށްދީ ހުރިހާ ޚިދުމަތެއް ފަހިކުރީ އަޅުގަނޑުމެން މަޖްލިސްތެރޭން،
— Moosa Maniku (Reeko) (@ReekoMoosa) March 13, 2022
ޙައްގުހޯދަން އެއަޑުއުފުލީ MDPއިން ތިމަންމެނޭ ކިޔާއަޑުއެރުވި މީހުން މ ވަދެ ޙައްޤުތައް ކަޑާލާ. އެޖެނޑާ19 ތަފާތުވާނެ މިހާރުގެ ކޮންމެމެމްބަރަކަގަނޑުވަރެއްދީ
އޭގެއިތުރުން މޫސަ ވިދާޅުވީ މެމްބަރުކަމުގައި ތިބޭއިރު އަނބިމީހާއާއި ފިރިމީހާ ބޭސްކުރަން ދޭއިނާޔަތެއް މެންބަރުކަމުގެ ދައުރު ހަމަވުމުން ކަނޑާލާނަމަ ދެމަފިރިންނަށް އެއްކޮށް އެއިނާޔަތް ކަނޑާލަންވާނެ ކަމަށެވެ.
މޫސަ މިފަދަ މޭރުމަކުން މިހާރުގެ މަޖިލިސް މެންބަރުންނަށް މަލާމާތް ކުރަށްވައި ވާހަކަދެއްކެވި އަސްލު ސަބަބެއް ނޭނގެއެވެ.
ކިޔުންތެރިންގެ ހިޔާލު