ޢަލީ ވަޙީދާއި ޕީޖީ ޝަމީމް
ޢަލީ ވަޙީދާއި ޕީޖީ ޝަމީމް
ޖިންސީގޯނާކުރި ކަމަށްބުނާ "15 އަންހެނުން" 13 ފިރިހެނުންނަށާއި 2 ބެލްޓަށްވާތަން ދުނިޔެއަށް ހާމަވާނެ ކަމަށް ވިދާޅުވެ ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދު އަނެއްކާވެސް ދިވެހި ދައުލަތަށް ގޮންޖައްސަވައި ވަރުގަދަ ބަހުގެ ހަމަލާއެއް މިއަދު ދެއްވައިފިއެވެ.

މުވައްޒަފުންތަކަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި މަޤާމުން ވަކިކޮށްފައިވާ ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު އަލީ ވަހީދު ރާއްޖެ ގެނައުމަށްޓަކައި އިންޓަޕޯލް ރެޑްނޯޓިސް ނެރެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންނަމަވެސް އިންޓަޕޯލްގެ ވެބްސައިޓުން އެ ނޯޓިސް ފެންނަން ނެތުމުން އެކަން މިއަދުވަނީ ރާއްޖޭގެ މީޑިއާތަކުގެ ސަމާލުކަމަށް އައިސްފައެވެ.

އެކަމާ ގުޅިގެން ޢަލީ ވަޙީދު މިއަދު ވިދާޅުވީ ރެޑްނޯޓިސް ވެބްސައިޓަށްލާނެ ވަގުތެއްގެ އިންތިޒާރުގައި އެބަ ހުންނެވި ކަމަށެވެ. އަދި ޕީޖީ ޝަމީމް އެކްސްޓްރެޑިޝަނަށް ލަންޑަނުގެ ކޯޓަށް ވަޑައިގަންނަވާނެ ވަގުތަކަށް ހުންނެވީ ކެތްމަދުވެފައި ކަމަށް ޢަލީ ވަޙީދު ވިދާޅުވިއެވެ.

"15 އަންހެނުން 13 ފިރިހެނުންނަށާއި އެމީހުންއަޅާ 2 ބެލްޓަށްވާތަން ދުނިޔެއަށް ހާމަވާނެ! ކާމިޔާބުވަނީ ކައިރީގައި!" އޭނާ 15 އަންހެނުންނަށް ޖިންސީގޯނާކުރި ކަމަށްބުނާ ވާހަކައަކީ ދޮގުކަން ސާބިތުކޮށްދޭނެކަން ހާމަކުރަށްވަމުން ޢަލީ ވަޙީދު ވިދާޅުވިއެވެ.



އަލީ ވަހީދު ހައްޔަރުކުރަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ. އަދި އިންޓަޕޯލް ވެބްސައިޓްގައިވެސް ޢަލީ ވަޙީދުގެ މަޢުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.

ކުޅިވަރާބެހޭ ވުޒާރާގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަސްއަދު ޢަލީ ޖާމިނުކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ އަލީ ވަހީދު ވަޑައިގެން ހުންނެވީ އިނގިރޭސިވިލާތުގައެވެ. ނަމަވެސް ކޯޓުން ބޭސްފަރުވާއަށް ދިން 4 މަސްހަމަވެ އަލީވަހީދު ރާއްޖެ ނައުމުން އެ މައްސަލާގައި ޖާމިނުވި އަސްއަދު ޢަލީ ވަނީ 15 ދުވަހަށް ޖަލު ޙުކުމެއްވެސް ތަންފީޒުކޮށްފައެވެ.

ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އަލީ ވަޙީދަށް އެ ކޯޓުން އެންގުމުން ކޯޓަށް ހާޒިރުވެވަޑައިނުގެންނެވި މައްސަލާގައި އެ ކޯޓުން ނިންމާފައިވާ ނިންމުމާ ހަވާލާދީ ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ދެން އަލީ ވަޙީދު ކޯޓަށް ހާޒިރުކުރާނީ ފުލުހުން މެދުވެރިކޮށް ބަންދުކޮށްގެން ކަމަށެވެ. އަދި ޢަލީ ވަޙީދު ރާއްޖެ ގެނައުމަށް އިންޓަރޕޯލް ރެޑްނޯޓިސް ނެރުމަށް ބޭނުންވާ އިނގިރޭސި އަމުރުވެސް ކޯޓުން ވަނީ ނެރެފައެވެ.

އަލީ ވަހީދު އިނގިރޭސިވިލާތުގައި އުޅުއްވާއިރު، އޭނާއާ ދެކޮޅަށް ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ވަނީ ދައުވާ އުފުލާފައެވެ. ނަމަވެސް އޭނާ ރާއްޖެ އައިސްފައި ނުވާތީ އެމައްސަލަތައް ކުރިއަށްގެންދެވޭ ގޮތެއް ނުވެއެވެ. މި މައްސަލައިގެ އަޑުއެހުމުގައި ބައިވެރިވާން އަލީ ވަހީދަށް ޗިޓު ފޮނުވުމުން ހާޒިރުވެފައި ނުވާތީ މީގެ ކުރިން ސުޕްރީމް ކޯޓުން ވަނީ އޭނާ އެ ކޯޓުގެ ހުރުމަތް ކެނޑީ ކަމަށް ބަލައި 2 މަހާއި 12 ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު


13

އުމަރު

18-Mar-2022

ހިތްވަރެއް ހުރިއްޔާ ކޯޓަށް ހާޒިރުވެ މައްސަލަ ނިންމަންވީނޫންހެޔެވެ.