ދަރިވަރުން ސްކޫލަށް ހާޒިރުވާއިރު މާސްކް އެޅުން މަޖުބޫރުކޮށްފައި އޮތްއޮތުން އެޑިއުކޭޝަން މިނިސްޓްރީން ނިމުމަކަށް ގެނެސްފިއެވެ.
ރާއްޖޭގައި އިއުލާންކޮށްފައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާއި ގުޅިގެން ރާއްޖޭގައި އާއްމު ތަންތަނުގައި މިހާރު މާސްކު އެޅުން މަޖުބޫރެއް ނޫނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޫލްތަކުގައި މާސްކު އެޅުން މަޖުބޫރުކަމެއް ނޫންކަމަށް ނިންމީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާންމު ތަންތަނުގައި އުޅޭއިރު މާސްކްއަޅަން ނުޖެހޭގޮތަށް ނިންމުމާ ގުޅިގެންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މާސްކު އެޅުން މަޖުބޫރުވާނީ ބައްޔަށް ޕޮޒިޓިވްވާ ރޭޓް 20 އިންސައްތައަށްވުރެ މައްޗަށްދާ ރަށްރަށުގެ ސްކޫލްތަކުގައި ކަމަށެވެ. އަދި ބައްޔަށް ޕޮޒިޓިވްވާ ރޭޓް 20 އިންސައްތައަށްވުރެ ދަށްކޮށް އުޅޭ ރަށްރަށުގެ ސްކޫލްތަކަށް ދަރިވަރުން ފޮނުވާއިރު މާސްކް އެޅުން މަޖުބޫރު ނުވިނަމަވެސް ބެލެނިވެރިޔާއާއި ދަރިވަރުން ބޭނުންވާނަމަ މާސްކް އަޅައިގެން ސްކޫލަށް ފޮނުވިދާނެކަމަށާ ހައި ރިސްކް ދަރިވަރުން ސްކޫލަށް ހާޒިރުވާއިރު މާސްކް އެޅުމަކީ އެދެވިގެންވާކަމެއްކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
ސްކޫލްގައި އުޅޭ ވަގުތުތަކުގައި މާސްކް އެޅުމަކީ މަޖުބޫރު ކަމެއް ކަމުގައި ނުވިނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކެއްގެ ގޮތުން ސްކޫލްގައި ހުންބެލުމާއި ގިނަގިނައިން އަތްދޮވުމުގެ ކަންތައްތައް ކުރިއަށްދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު